Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 17:1 - ކިތާބުލް މުޤައްދަސާ

1 އޭގެ ހަ ދުވަސް ފަހުން އީސާގެފާނު ޕަތަރަސް އާއި ޔާމިޒު އާއި ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ގޮވައިގެން ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް ވަޑައިގެންނެވިއެވެ. އެތަނުގައި ތިއްބެވީ އެބޭކަލުން އެކަންޏެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 17:1
10 ပူးပေါင်းရင်းမြစ်များ  

ދެން އެ ހިނދު އަސްޙާބީންގެ ކުރިފުޅުމަތީގައި އީސާގެފާނުގެ ސިފަފުޅު ބަދަލުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މޫނުފުޅު އިރުފަދައިން އުޖާލާކަމާއިއެކު ބަބުޅަމުން ދިޔައެވެ. އަދި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ނޫރެއްފަދައިން އަލިވެގެންދިޔައެވެ.


އެކަލޭގެފާނާއި އެކުގައި ޕަތަރަސްއާއި ޒަބަދީގެ ދެދަރިން ކަމުގައިވާ ޔަމީޒާއި އަދި ޔޫޙަންނާ ގެންދެވިއެވެ. އެކަލޭގެފާނު ހިތާމަ އާއި ހިތްދަތި ކަމުގައި ވިއެވެ.


އެއަށް ފަހު ބައިތުލް މަޤްދިސްގެ އަނެއްފަރާތުގައި ވީ ޒައިތޫނި ފަރުބަދަމަތީގައި އީސާގެފާނު އިށީނދެ ވަޑައިގެން އިންނެވިއެވެ. އެ ހިނދު ޕަތަރަސްއާއި، ޔާމިޒާއި، ޔޫޙަންނާގެ އިތުރުން އަންދުރާއި އެކަލޭގެފާނުގެ އަރިހަށް އައިސް އަމިއްލަގޮތުން ދެންނެވިއެވެ. ”⁠ތިޔަ ވިދާޅުވި ކަންތައްތައް ހިނގާނީ ކޮންއިރަކުންތޯ؟ އަދި އެކަންތައްތައް ވުމުގެ އަލާމާތެއްގެ ގޮތުން އެވަގުތު ފެނިގެންދާނީ ކޮން ކަންތައްތަކެއްކަން އަޅުގަނޑުމެންނަށް ބުނެދެއްވާ.⁠“


ދެން އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒުގެ އިތުރުން ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ފިޔަވައި އިތުރު މީހުން ނުދިޔުމަށް އެދިވަޑައިގަތެވެ.


އީސާގެފާނު ޖައިރުސްގެ ގެއަށް ވަޑައިގަތް އެކުއްޖާ އޮތް ކޮޓަރި ތެރެއަށް ވަދެ ވަޑައިގެންނެވިއެވެ. އަދި ޕަތަރަސް އާއި ޔޫޙަންނާ އާއި ޔާމިޒު އާއި އެކުއްޖާގެ މައިންބަފައިން ފިޔަވާ އެހެން އެއްވެސް މީހަކު އެތަނަށް ނުވަނުމަށް އެންގެވިއެވެ.


މާތްސާހިބާ އީސާ އަލްމަސީޙުގެ ކުޅެދުންތެރިކަމުގެ ވާހަކަ އާއި އެކަލޭގެފާނު އެނބުރި ވަޑައިގަތުމާއިމެދު އަހަރެމެން ތިޔަބައިމީހުންނަށް ބުނެދޭ ވާހަކަތަކަކީ ހަދަހަދައިގެން އަހަރެމެންގެ ޙިކުމަތުން ބުނެދޭ ވާހަކަތަކެއްނޫނެވެ. އެކަލޭގެފާނުގެ ޢިއްޒަތްވަންތަކަމުގެ ސާބިތު ހެކި އަހަރެމެންގެ ލޯތަކަށް ވަނީ ފެނިފައެވެ.


އެކަލޭގެފާނުގެ އަރިހުގައި މާތްވެގެންވާ ފަރުބަދައިގައި އަހަރެމެން ވީހިނދު އުޑުން ބާވައިލެއްވި މި ވަޙީބަސްފުޅު އަހަރެމެންގެ ތެރެއިންވީ ހުރިހާ އެންމެންނަށް އިވިގެންވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ