Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 16:6 - ކިތާބުލް މުޤައްދަސާ

6 އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ފަރީސީންނާއި ސާދުސީންގެ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވެ ތިބޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 16:6
15 ပူးပေါင်းရင်းမြစ်များ  

ފަރީސީންނާއި ސާދުސީންގެ ބަޔަކު އީސާގެފާނު ދަންތުރައެއްގައި ޖެއްސުމުގެ މަގުސަދުގައި އެކަލޭގެފާނުގެ އަރިހަށް އައިސް އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް އެދުނެވެ.


އަހަރެން ވާހަކަ ދައްކަމުން މިގެންދަނީ ކާނޭ އެއްޗަކާއި މެދު ނޫންކަން ތިޔަބައިމީހުންނަކަށް ނޭނގޭތަ؟ އަނެއްކާވެސް އަހަރެން ބުނަން. ފަރީސީންނާއި ސާދުސީންގެ ކަމީރު ކުރުމާ ދުރުވެ ސަމާލުވެ ތިބޭ!⁠“


އެއަށް ފަހު އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ބޯރޮއްޓަށް އަޅާ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވުމަކަށް ނޫންކަން އެބޭކަލުންނަށް އެނގުނެވެ. ނަމަވެސް ފަރީސީންނާއި ސާދުސީންގެ ދަސްކޮށްދިނުންތަކުގެ މައްޗަށް ފަރުވާތެރިވެ ސަމާލުވުމަށް ކަމުގައި ވެސް އެބޭކަލުންނަށް އެނގުނެވެ.


އީސާގެފާނުގެ އަސްޙާބީން ކަނޑުގެ އަނެއްފަރާތަށް ހުރަސްކުރި ހިނދު އެބޭކަލުން ހަނދާންނެތިގެން ބޯރޮށި ނުގެންދެވުނެވެ.


މިހެން ވިދާޅުވުމުން އެބޭކަލުންގެ މެދުގައި ބަހުސްކޮށް ވާހަކަދެކެވުނެވެ. ”⁠އެކަލޭގެފާނު އެހެން ވިދާޅުވީ އަހަރެމެން އަތުގައި ކާނޭ އެއްޗެއް ނެތުމުގެ ސަބަބުން.⁠“


ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟


”⁠ރަނގަޅަށް ވިސްނާ، އަދި ފަރީސީންނާއި ހެރޮދު ރަސްގެފާނުގެ ކަމީރާއި މެދު ތިޔަބައިމީހުން ރައްކާތެރިވޭ.⁠“ އީސާގެފާނު އެބޭކަލުންނަށް އިންޒާރާއެކު ލަފާދެއްވިއެވެ.


އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”⁠ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.


ދެން އެކަލޭގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠ދަހި މީހަކު ކަމުގައި ނުވެ އުޅެވޭތޯ ބަލާ. މީހަކު ކިތައްމެ ބޮޑު ފައިސާ ވެރިޔަކު ކަމުގައި ވެ އަދި އެމީހާޔަށް ގިނަ މުދާތައް ވާކަމުގެ ސަބަބުން އެމީހާއީ ފުރިހަމަ ޙަޔާތެއް ލިބިފައިވާ މީހަކަށް ނުވާނެ.⁠“


ދެން އީސާގެފާނުގެ އަސްޙާބީން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އެކަމަކު އެހެން މީހަކު ހަމަ ގައިމު ވެސް އެކަލޭގެފާނަށް ކާއެއްޗެއް ދިން ހެނެއް ހިޔެއްނުވޭ.⁠“


ސަމާލުވާށެވެ! މި އޮޅުވާލުމުގެ ފިލާވަޅުތަކުގެ ސަބަބުން، ބޮޑު ފުށްގަނޑެއްގެ ތެރެއަށް ކުޑަ ކަމީރު ކޮޅެއް ފެތުރިގެން ދާހެން އެންމެންގެ ވިސްނުން ތަޣައްޔަރު ކޮށްލާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ