26 މީހަކަށް އެމީހާގެ ފުރާނަ ގެއްލިފައިވީނަމަ މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެމީހަކަށް އޮތީ ކޮން ފައިދާއެއް؟ އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް ދެވޭނެ އަގަކީ ކޮބާ؟
އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް އެދޭ މީހުންނަށް އެބައިމީހުންގެ މުޅި ޙަޤީޤީ ދިރިއުޅުން ގެއްލޭނެ. އެހެނަސް އަހަރެންނަށްޓަކައި ފުރާނަ ދޭ މީހަކަށް ޙަޤީޤީ ދިރިއުޅުން ލިބޭނެ.
އިންސާނާގެ ދަރިކަލުން އަލުންއަނބުރާ އަންނާނީ މަތިވެރި ބައްޕާފުޅުގެ ޖަލާލަތުކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއި އެކުގައި. އެވަގުތު އެބަޔަކު ކުރި މަސައްކަތެއްގެ އުޖޫރަ އެބަޔަކަށް އެކަލޭގެފާނު ދެއްވާނެ.
ވީއިރު ތިބާއަށް އެ ފާފަ ކުރުވަން މެދުވެރިވީ ތިބާގެ ކަނާތު ލޯ ނަމަ އެ ލޯ ނަގައި އެއްލައިލާ. އެހެނީ ތިބާގެ މުޅި ހަށިގަނޑު ނަރަކަޔަށް ހުށަހެޅި ދިއުމަށް ވުރެން މިދުނިޔޭގައި ތިބާގެ ހަށިގަނޑުން ބައެއް އުނިކޮށް ހުރުން ވެސް މާރަނގަޅު.
ފަހެ މާތްރަސްކަލާނގެ ވަޙީ ކުރެއްވި. ’އޭ ބުދިއެއް ނެތް ނުވިސްނޭ މީހާއޭ. ހަމަ މި ރޭ ތިމަންކަލާނގެ ކަލޭގެ ފުރާނަ ގެންދަވާނަމޭ. ދެން ކަލޭގެ އަމިއްލަ ފައިދާއަށްޓަކައި ރައްކާ ކޮށް ބަހައްޓައިފައިވާ ހުރިހާ ތަކެތި ލިބޭނީ ކާކަށް ހޭ؟‘“
އިބްރާހީމްގެފާނު ވިދާޅުވި. ’ދަރިފުޅާއޭ. ހަނދާން ވޭހޭ؟ ކަލޭ ދުނިޔޭގައި އުޅުނުއިރު ކަލެއަށް ރަނގަޅު ގޮތްތައް ދިމާވިއޭ. އަދި ލާޒަރުއަށް ވަރަށް ދެރަ ނުބައި ގޮތްތައް ދިމާވިއޭ. މިހާރު މިތާނގައި އޭނާއަށް ވަނީ ހަމަޖެހުން ލިބިފައޭ. އަދި ކަލޭ ތިޔަވަނީ ވޭނުގައޭ.
މީހަކަށް އޭނާގެ ފުރާނަ ގެއްލިއްޖެނަމަ އޭނާއަށް މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެކަމުން ހުރީ ކޮންފައިދާއެއް؟