Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 16:24 - ކިތާބުލް މުޤައްދަސާ

24 ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްވެސް މީހަކު އަހަރެންނަށް ތަބާވުމަށް ބޭނުން ނަމަ އޭނާގެ އަމިއްލަ އެދުންތަކުން އެއްކިބާވާން ޖެހޭނެ. އަދި އަހަރެން ފަދައިން އެމީހެއްގެ އަމިއްލަ ނަފްސު ދީ އަދި ސަލީބެއްގައި އޮވެ މަރުވާންޖެހުނު ކަމުގައި ވިޔަސް އެކަމަށް ވެސް ތައްޔާރުގައި ވާންޖެހޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 16:24
18 ပူးပေါင်းရင်းမြစ်များ  

އެއްވެސް މީހަކު އަހަރެންނަށް އީމާންވެ ސަލީބުގައި އޮވެ ނިމިދިއުމަށް ތައްޔާރުގައި ނުވާނަމަ، އެއީ އަހަރެންނަށް ތަބާވެގެންވާ މީހެއްގެ ގޮތުގައި ވުން އެކަށީގެންވާ މީހެއް ނޫން.


އެކަލޭގެފާނު ސަލީބަށް އެރުވުމަށް ޓަކައި ގެންދެވުނު މަގުމަތީގައި ޒައިރީން ރަށުގެ ޝަމްއޫނުއޭ ކިޔާމީހަކާ ދިމާވިއެވެ. ދެން ސިފައިން އޭނާއަށް މަޖްބޫރުކޮށްގެން އީސާގެފާނުގެ ސަލީބު އޭނާ ލައްވާ އުފުލިއެވެ.


އެ ފިރިހެނާ އާއި ދިމާއަށް އީސާގެފާނު ފުން ލޯތްބާއެކު ބައްލަވާލައްވާ އެމީހާއަށް ވިދާޅުވިއެވެ. ”⁠ތިބާ ކުރަންޖެހޭ އޮތީ ހަމައެކަނި އެންމެ ކަމެއް. ތިބާގެ މިލްކުގައިވާނަމަ ވާހައި މުދަލެއް ވިއްކާލާ. އަދި އެ ފައިސާ ފަގީރުންނަށް ހޭދަކުރޭ. އޭރުން ތިބާއަށްޓަކައި ސުވަރުގޭގެ މުއްސަނދިކަން ލިބިގެންވާނެ. އެއަށް ފަހު އަހަރެންނާއިއެކުގައި ވުމަށް އާދޭ.⁠“


އެބައިމީހުން އެކަލޭގެފާނު ސަލީބަށް އެރުވުމަށް ގެންދެވި މަގުމަތީގައި އެހެން އައި ޒައިރީނުގެ ރައްޔަތެއް ކަމުގައިވާ ޝަމްއޫނު އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ކުރިއަށް ދިއުމަށް އޭނާއަށް ސިފައިން މަޖުބޫރު ކުރިއެވެ. (މި ޝަމޫނު އަކީ އިސްކަންދަރާއި ރޫފުސްގެ ބައްޕަވެސް މެއެވެ.)


ދެން އީސާގެފާނު އެއްވެފައިވާ މީސްތަކުންނަށާއި އަސްޙާބީންނަށް އެކަލޭގެފާނުގެ ކައިރިއަށް އައުމަށް ވިދާޅުވުމަށް ފަހު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންނަށް ތަބާ ވުމަށް އެދޭނަމަ އެމީހެއްގެ އަމިއްލަ އެދުންތަކާ މެދު ވިސްނުމުގެ ބަދަލުގައި ފުރާނަ ދޫކޮށްލުމަށް ތައްޔާރުގައި ވާންޖެހޭނެ. އެއީ ސަލީބެއްގައި އޮވެ ނިމިދިއުން ކަމުގައި ވިޔަސްމެ.


އަހަރެންގެ ބަސްތައް އަޑުއަހާ އެއަށް އީމާންވާ މީހުންނަކީ އެކަމުގެ ސަބަބުން އެމީހުންނަށް މަރުގެ އަދަބު ލިބި އަދި އަހަރެން ފަދައިން ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް އެކަމަށް ތައްޔާރުގައި ވާންޖެހޭނެ ބައެއް. އެފަދައިން ނުވާ މީހަކަށް އަހަރެންގެ އަސްޙާބީ އަސްޙާބީންނަކަށް ނުވެވޭނެ.


ރޯމުގެ ސިފައިން އީސާގެފާނަށް މަރުގެ އަދަބު ދިނުމަށްޓަކައި ރަށް ބޭރަށް ގެންދިޔައެވެ. އެބައިމީހުން ދިޔަ މަގުމަތީ ޝަމްއޫނު އޭ ކިއުނު ޒައިރީން ރަށުގެ މީހަކާއި ދިމާވިއެވެ. މީނާ އެމަގުން ދަތުރު ކޮށް ދިޔައީ ޖެރޫސަލަމަށް ދިއުމަށްޓަކައެވެ. ބައެއް ސިފައިންގެ މީހުން އޭނާ ގަދަ ކަމުން ގެނެސް އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ދިއުމަށް މަޖުބޫރު ކުރިއެވެ.


އެމީހުން އީސާގެފާނު އެރުވުމަށް ހެދި ސަލީބު ހިއްޕަވައިގެން ”⁠ގޮލުގޮތާ⁠“ ޢިބްރާނީ ބަހުން ބޮލުގެ ނާށިގަނޑުގެ މަޤާމޭ ކިޔުނު އުސްބިމަށް އީސާގެފާނު އަރައި ވަޑައިގެންނެވިއެވެ.


އެކަލޭގެފާނު މިހެން މި ވިދާޅުވީ ޕަތަރަސް މަރުވާނީ މާތްރަސްކަލާނގެ ނަންފުޅު މަތިވެރި ވާނެ ފަދަ ގޮތެއްގައި ކަމަށް އިޝާރާތް ކުރައްވައެވެ. ދެން އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނާ އެކު އާދޭ!⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭނާ އަހަރެން އެނބުރި އަންނަން ދެން ދުނިޔޭގައި ހުންނަން އަހަރެން އެދުނު ކަމުގައި ވިޔަސް އެކަމާ ނުބެހޭ. ކަލޭ އަހަރެންނާއި އެކުގައި އާދޭ.⁠“


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


މިއަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން މިވޭންތައް އުފުލަމުން ދާއިރު އަހަރެން މިވަނީ އުފަލުގައެވެ. އެއީ އަހަރެން ޖިސްމާނީ ގޮތުން އުފުލަމުން މިދަނީ އީސާ އަލްމަސީޙު އެކަލޭގެފާނުގެ ހަށިކޮޅު ކަމަށްވާ އެކަލޭގެފާނުގެ ޖަމާޢަތާމެދު އުފުލަމުން ގެންދަވާ ވޭނުގައި އަހަރެން ބައިވެރިވާތީއެވެ.


ވީއިރު، ތިޔަބައިމީހުންނާއި ކުރިމަތިވާ އަނިޔާވެރިކަމަކުން ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިގައިވާ އީމާންތެރިކަމަށް ފުރަގަސް ނުދޭށެވެ. ތިޔަބައިމީހުންނާއި މެދުގައި ކުރިމަތިވާ އަނިޔާވެރިކަމަކީ އަހަރެމެން މަސީހީންގެ ތަޤުދީރުގައި މާތްރަސްކަލާނގެ ނިންމަވާފައިވާ ގޮތްކަން ތިޔަބައިމީހުން ދަންނާނެއެވެ.


އީސާ އަލްމަސީޙާއި އެކުގައިވެ ދީންމަތީ ދިރިއުޅެމުން ގެންދަން އެދޭ ކޮންމެ މީހަކުމެ ވޭނާއި ބޭއިންސާފުވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ.


މާތްރަސްކަލާނގެ ތިޔަބައިމީހުން ޚިޔާރު ކުރެއްވީ މިފަދައިން އަމަލު ކުރުމަށެވެ. އަލްމަސީޙު ތިޔަބައިމީހުންނަށްޓަކައި އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް ވޭން އުފުއްލަވައި މިސާލު ދައްކުވައި ދެއްވިއެވެ. އެހެންވީމާ، އެކަލޭގެފާނުގެ ފިޔަވަޅުފުޅު މަތިން ތިޔަބައިމީހުން ހިނގާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ