މައްތާ 16:21 - ކިތާބުލް މުޤައްދަސާ21 އެހިނދުން ފެށިގެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މި ވާހަކަތައް ކިޔައިދެއްވަން ފެއްޓެވިއެވެ. އެއީ އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ޖެހޭނޭ ކަމުގައްޔާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑުއިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އެތަނުގައި އެކަލޭގެފާނަށް ތަފާތު މުސީބާތްތަކާއި އުނދަގޫތައް ޖައްސަވާނެ ކަމުގެ ވާހަކަތަކެވެ. އަދި އެކަލޭގެފާނު އަވަހާރަ ކޮށްލެވޭނޭ ކަމުގައްޔާއި އަދި އޭގެ ތިންވަނަ ދުވަހު އަލުން ދިރުއްވޭނޭ ކަމުގައި ވެސް އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. အခန်းကိုကြည့်ပါ။ |
އަހަރެން ބުނަންތަ؟ އިލްޔާސްގެފާނު ވަޑައިގަންނަވައިފި. އެކަމަކު އެކަލޭގެފާނަކީ ކާކުކަމެއް އެމީހުންނަކަށް ނޭނގުނު. އެމީހުން އެކަލޭގެފާނާއި މެދު އަމަލުކުރީ އެމީހުން ހިތަށްއެރި ގޮތަކަށް. އިންސާނާގެ ދަރިކަލުންނާއި މެދު ވެސް ކަންތައްތައް ކުރެވިގެންދާނީ ހަމަ އެފަދައިން. ހަމަ އެމީހުން އިންސާނާގެ ދަރިކަލުންނަށް އުނދަގޫތަކާއި ވޭން ތަހައްމަލު ކުރަން ޖައްސާނެ.“
އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ފައިބަވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.“
އީސާގެފާނު އެބޭކަލުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނުގެ ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވާ ޔުދާސް އެކަލޭގެފާނަށް ޚިޔާނާތްތެރިވެ، އަދި ކަނޑިއާއި މުގުރުބުރި ފަދަ ތަކެތި ހިފައިގެން ތިބި ގިނަ ބަޔަކާއި އެކު އެތަނަށް އައެވެ. މިބައިމީހުން އެތަނަށް ފޮނުވީ ބޮޑުއިމާމުންނާއި މީސްތަކުންގެ މައްޗަށް ވެރިކަން ހިންގަމުން ދިޔަ ބަނީއިސްރާއީލުންގެ ބޮޑުންނެވެ.
އެއަށް ފަހު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މިހެން އުގަންނަވައި ދެއްވަން ފެއްޓެވިއެވެ. ”އިންސާނާގެ ދަރިކަލުން ބޮޑެތި ތަދާއި ވޭން އުފުލަން ޖެހޭނެ. ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންގެ އިތުރުން ދީނުގެ ދަންނަބޭކަލުން އަހަރެންނާ ދެކޮޅުވެރިވެ އަހަރެން މަރާލާނެ. އެހެނަސް ތިން ދުވަސް ފަހުން އަލުން ފުރާނައެޅި ދިރިގެން އަންނާނަން.“
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ހަމަ ޔަޤީނުން އެންމެފުރަތަމަ ވަޑައިގަންނަވާނީ އިލްޔާސްގެފާނު. އެއީ އެންމެހާ ކަންތައްތައް ތައްޔާރު ކުރައްވައި ތަރުތީބު ކުރެއްވުމަށް. ދެން އެހެންވިއްޔާ، މީސްތަކުން އިންސާނާގެ ދަރިކަލުން ގަބޫލުނުކޮށް ވޭނާ އަނިޔާ ދޭނެ ކަމަށް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ ކީއްވެ؟