15 އެކަލޭގެފާނު އެމީހުން ކުރެން އެއްސެވިއެވެ. ”ތިޔަބައިމީހުންނަށް ފެންނަ ގޮތުގައި އަހަރެންނަކީ ކާކު؟“
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ތިޔަބައިމީހުން ޚިޔާރު ކުރެވިފައި ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރުތައް ދެނެގަތުމަށް ޓަކައި. ނަމަވެސް އަނެކުންނަށް އެފަދަ ސިއްރުތައް އެނގިގެންނުވޭ.
އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”ބައެއްމީހުން ކަލޭގެފާނީ ޔަޙުޔާގެފާނު ކަމުގައި ބުނޭ. އަނެއް ބައިމީހުން އިލްޔާސްގެފާނު ކަމުގައި ބުނޭ. އަދި އަނެއް ބައިމީހުން ކަލޭގެފާނީ އިރްމިޔާ ކަމުގައި ނޫނީ ކޮންމެވެސް އެހެން ނަބީބޭކަލެއް ކަމުގައި ބުނެ އުޅޭ.“
ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”ކަލޭގެފާނީ އަލްމަސީޙު. ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ދަރިކަލުން.“
”ތިޔަބައިމީހުންނަށް ފެންނަ ގޮތުގައި އަހަރެންނަކީ ކާކު؟“ އީސާގެފާނު އެބޭކަލުން ކުރެން އެއްސެވިއެވެ. ޕަތަރަސް ޖަވާދިނެވެ. ”ކަލޭގެފާނީ އަލްމަސީޙު.“
ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެންނަށް ފެންނަ ގޮތުގައި އަހަންނަކީ ކާކު؟“ ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”ތިޔައީ މާތްރަސްކަލާނގެ ފޮނުއްވި ޚާއްސަބޭކަލުން ކަމުގައިވާ އަލްމަސީޙު.“