މައްތާ 16:13 - ކިތާބުލް މުޤައްދަސާ13 އީސާގެފާނަށް ކައިސަރިއާ ފިލިއްޕީގެ ސަރަހައްދަށް ވަޑައިގެންނެވުނު ހިނދު އެކަލޭގެފާނު އެކަލޭގެފާނުގެ އަސްޙާބީން ކުރެން އެއްސެވިއެވެ. ”އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެންނާއި މެދު މީސްތަކުން ބުނަނީ ކީކޭ؟“ အခန်းကိုကြည့်ပါ။ |
މި ނުބައި ފާފަވެރި ޒަމާނުގައި އަހަރެންނާއި ބެހޭ ގޮތުންނާއި އަދި އަހަރެންގެ އުނގަންނައިދިނުންތަކާ މެދުގައި ބުނެދިނުމަށް ލަދުވެތިވާނެ ފަރާތްތަކާ މެދު އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ނޫރުފުޅުން މާތްވެގެންވީ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނަ ހިނދު އެފަދަ ފަރާތްތަކާމެދުގައި އަހަރެން ލަދުވެތިވާނެ.“
އެއްވެފައި ތިބި މީސްތަކުން ބުންޏެވެ. ”މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްތަކުގައި އެކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާ ފަރާތް ކަމުގައިވާ އަލްމަސީޙު އަބަދުގެ އަބަދަށް ދިރިހުންނަވާނެ ކަމުގައި ލިޔެވިގެންވޭ. ވީއިރު ތިޔަ ބުނަނީ ކޮން އިންސާނާގެ ދަރިކަލުންނެއް މަރުވާނެ ވާހަކަތަ؟ ތިޔަ ބުނާ އިންސާނާގެ ދަރިކަލުންނަކީ ކާކުތަ؟“