Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 16:11 - ކިތާބުލް މުޤައްދަސާ

11 އަހަރެން ވާހަކަ ދައްކަމުން މިގެންދަނީ ކާނޭ އެއްޗަކާއި މެދު ނޫންކަން ތިޔަބައިމީހުންނަކަށް ނޭނގޭތަ؟ އަނެއްކާވެސް އަހަރެން ބުނަން. ފަރީސީންނާއި ސާދުސީންގެ ކަމީރު ކުރުމާ ދުރުވެ ސަމާލުވެ ތިބޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 16:11
10 ပူးပေါင်းရင်းမြစ်များ  

ފަރީސީންނާއި ސާދުސީންގެ ބަޔަކު އީސާގެފާނު ދަންތުރައެއްގައި ޖެއްސުމުގެ މަގުސަދުގައި އެކަލޭގެފާނުގެ އަރިހަށް އައިސް އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް އެދުނެވެ.


އެއަށް ފަހު އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ބޯރޮއްޓަށް އަޅާ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވުމަކަށް ނޫންކަން އެބޭކަލުންނަށް އެނގުނެވެ. ނަމަވެސް ފަރީސީންނާއި ސާދުސީންގެ ދަސްކޮށްދިނުންތަކުގެ މައްޗަށް ފަރުވާތެރިވެ ސަމާލުވުމަށް ކަމުގައި ވެސް އެބޭކަލުންނަށް އެނގުނެވެ.


އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ފަރީސީންނާއި ސާދުސީންގެ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވެ ތިބޭ!⁠“


ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟


އެއަށް ފަހު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ބިރުގަތީ ކޮންކަމަކާ؟ ތިޔަބައިމީހުންގެ އީމާންތެރިކަމެއްވޭތަ؟⁠“


”⁠ރަނގަޅަށް ވިސްނާ، އަދި ފަރީސީންނާއި ހެރޮދު ރަސްގެފާނުގެ ކަމީރާއި މެދު ތިޔަބައިމީހުން ރައްކާތެރިވޭ.⁠“ އީސާގެފާނު އެބޭކަލުންނަށް އިންޒާރާއެކު ލަފާދެއްވިއެވެ.


”⁠އެހެންވީއިރު، މިހާރު ވެސް ތިޔަބޭކަލުންނަށް އެނގިގެން ނުވިތަ؟⁠“


އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”⁠ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.


މުނާފިޤުންނޭ. ކަލޭމެންނަށް ދުނިޔެއާއި އުޑަށް އަންނަ ބަދަލުތައް ބުނަން އެނގޭ. ނަމަވެސް މިހާރު ވާން މިއުޅޭ ކަންތައްތަކާ މެދު ކަލޭމެން އެއްވެސް އެއްޗެއް ތިޔަ ނުބުނަނީ ކީއްވެ؟


ކަލޭމެންނަށް އަހަރެން މިބުނާ އެއްޗެއް ނުވިސްނެނީ ކީއްވެ؟ އެއީ ކަލޭމެންނަށް އަހަރެން މި ބުނާ އެއްޗެއް އަޑުއަހަން ކެތް ނުވާތީ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ