Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 16:1 - ކިތާބުލް މުޤައްދަސާ

1 ފަރީސީންނާއި ސާދުސީންގެ ބަޔަކު އީސާގެފާނު ދަންތުރައެއްގައި ޖެއްސުމުގެ މަގުސަދުގައި އެކަލޭގެފާނުގެ އަރިހަށް އައިސް އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް އެދުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 16:1
33 ပူးပေါင်းရင်းမြစ်များ  

މޮޔައެއްގެ ސުވާލުތަކަށް ދޭންވާނީ ވެސް މޮޔަ ޖަވާބެކެވެ. އޭރުން އެ ސުވާލު ކުރި މީހާއަކީ އޭނާ ހީކުރިވަރުގެ ކުޅަދާނަ މީހެއް ނޫންކަން ވިސްނިދާނެއެވެ.


މި ފަރީސީން އެތަނުން ގޮސް އީސާގެފާނު އަވަހާރަކޮށްލާނޭ ގޮތާމެދު މަޝްވަރާކުރިއެވެ.


އެއަށް ފަހު ބައެއް ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ޖެރޫސަލަމުން އީސާގެފާނުގެ އަރިހަށް އައިސް އެއްސެވިއެވެ.


އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ފަރީސީންނާއި ސާދުސީންގެ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވެ ތިބޭ!⁠“


އީސާގެފާނު މަޅިއެއްގައި ޖެއްސުމުގެ އެދުމުގައި ބައެއް ފަރީސީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ފިރިމީހާ އޭނާ ބޭނުން އެއްވެސް ސަބަބަކާ ހުރެ އަނބިމީހާ ވަރިކުރުމަށް ހުއްދަ އޮވޭތޯ؟⁠“


އެއަށް ފަހު ފަރީސީން އެތަނުން ދިޔައެވެ. އަދި އީސާގެފާނު ވިދާޅުވެލައްވާ ބަސްފުޅަކުން އެކަލޭގެފާނު މަޅިއެއްގައި ޖެއްސެވުމަށް ޓަކައި އެބައިމީހުން އެއްވެ ތިބެ ރޭވިއެވެ.


ނަމަވެސް އެމީހުންގެ މަގުސަދަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން ހުންނަވާ އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މުނާފިޤުންނޭ! ކަލޭމެން އަހަރެން މަޅިއެއްގައި ޖެއްސުމަށް ތިޔަ މަސައްކަތް ކުރަނީ ކީއްވެ؟


ސާދުސީން ގަބޫލުކުރާ ގޮތުގައި މަރުވާ މީހުން އަލަކުން ނުދިރޭނެ އެވެ. ހަމަ އެދުވަހު ސާދުސީނުގެ ބަޔަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ.


”⁠ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ތައުރާތުގެ ގަވާއިދުތައް ބުނެދިނުމުގެ އަމުރުވެރިކަން ލިބިގެންވޭ.


ޖެހިގެން އައި ދުވަހަކީ ސަބަތުގެ ދުވަހެވެ. ބޮޑު އިމާމުންނާއި ފަރީސީން ޕިލާތުސް އާއި ބައްދަލު ކުރިއެވެ.


އަހަރެން ތިޔަބައިމީހުންނަށް ބުނަން. ފަރީސީންނާއި އަދި ދީނުގެ އެހެނިހެން ދަންނަބޭކަލުންނަށް ވުރެން ބޮޑަށް ތިޔަބައިމީހުންނަށް ކިޔަމަންތެރިކަން އަދާނުކުރެވޭހާ ހިނދަކު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ތެރެއަކަށް ނުވަދެވޭނެ.⁠“


ފަރީސީންނަށް މިތަން ފެނި އީސާގެފާނުގެ އަސްޙާބީންގެ ކައިރިން އެހިއެވެ. ”⁠ކަލޭމެންގެ އެދުރުކަލޭގެ ޓެކްސް ނަގާ މީހުންނާއި އަދި އެހެނިހެން ފާފަވެރިންނާއި އެކުގައި ކައި އެހަދަނީ ކީއްވެ؟⁠“


ފަރީސީނުގެ ބަޔަކު ވެސް އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ އަޖުމަ ބެލުމުގެ ގޮތުން މި ސުވާލު ކުރިއެވެ. ”⁠ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރުމަކީ ހުއްދަ ކަމެއްތަ؟⁠“


އީސާގެފާނަށް އެބައިމީހުންގެ މި މަކަރުވެރިކަން އެނގިވަޑައިގަންނަވާ ޖަވާބު ދެއްވިއެވެ. ”⁠ކަލޭމެން އަހަރެން މަޅިއެއްގައި ޖެއްސުމަށް ތިޔަ މަސައްކަތް ކުރަނީ ކީއްވެ؟ އަހަރެންނަށް ރޯމަނުންގެ ފައިސާ ފޮއްޗެއް ދައްކަބަލަ. އޭރުން އަހަރެން ކަލޭމެންނަށް ބުނެދޭނަން.⁠“


އެއަށް ފަހު ސާދުސީނުގެ ބަޔަކު އީސާގެފާނުގެ އަރިހަށް ސުވާލަކައިގެން އައިސް ދެންނެވިއެވެ. (ސާދުސީންނަކީ މަރުވުމަށް ފަހު މީސްތަކުން އަލުން ދިރުއްވައި ނިމުންނުވާ ޙަޔާތެއްގައި ލަހައްޓަވާނެ ކަން ގަބޫލުކުރާ ބައެއް ނޫނެވެ.)


އެއްދުވަހަކު އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކައި އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތުގައި ލިބިގަތުމަށްޓަކައި ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟⁠“


އަނެއްބަޔަކު އެކަލޭގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއެއް ނޫންކަން މީސްތަކުންނަށް ހާމަކޮއްދިނުމުގެ ގަސްތުގައި އެކަލާނގެ ކިބަފުޅުން މުޢުޖިޒާތީ ޢަލާމާތެއް ދެއްކުމަށް އެދި އެކަލޭގެފާނަށް ދެންނެވިއެވެ.


އީސާގެފާނަށް އެމީހުން މި ސުވާލު ކުރީ މަކަރުވެރި ބޭނުމަކުކަން އެނގިވަޑައިގެން ޖަވާބުގައި ވިދާޅުވިއެވެ.


ބައެއް ސާދުސީނުގެ ބަޔަކު އީސާގެފާނުގެ އަރިހަށް ސުވާލަކާއިގެން އައެވެ. މިބައިމީހުންނަކީ މަރުވުމަށް ފަހު ވާ އެހެން ދުނިޔެއެއް ވާކަން ގަބޫލު ކުރާ ބައެއް ވެސް ނޫނެވެ.


އެމީހުން އީސާގެފާނާއި މި ސުވާލު ކުރީ އެކަލޭގެފާނު މަޅިއެއްގައި ބައްދާލުމަށެވެ. އެއީ އެކަލޭގެފާނު މިކަމާއި މެދު ވިދާޅުވާ ބަސްފުޅެއް ބަލާފަ އެބަސްފުޅު އެކަލޭގެފާނު ކުށްވެރި ކުރުމަށް ބޭނުން ކުރުމަށެވެ. ނަމަވެސް އީސާގެފާނު ގުދުވެ ވަޑައިގެން އިނގިލިފުޅުން ބިންމަތީގައި ލިޔުއްވަން ފެއްޓެވިއެވެ.


ޕަތަރަސްއާއި ޔޫޙަންނާ މީސްތަކުންނާއި ވާހަކަ ދައްކަމުން ގެންދަނިކޮށް، ބަނީއިސްރާއީލުގެ އިމާމުންގެ ބަޔަކާއި ބައިތުލް މަޤްދިސް ބެލެހެއްޓުމަށް ތިބޭ ސިފައިންގެ ވެރިމީހާ އާއި ބައެއް ސާދުސީން އެމީހުންގެ ކައިރިއަށް އެތަނަށް އައެވެ.


އުއްތަމަ އިމާމާއި އޭނާގެ ބައިގެ ސާދުސީން އީސާގެފާނުގެ މަންދޫބުންނާއި މެދު ވަރަށް ހަސަދަވެރިވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ