5 ނަމަވެސް ކަލޭމެން ބުނާގޮތުގައި މީހުންނަށް އެބައިމީހުންގެ މައިންބަފައިން ގާތުގައި ބުނެވިދާނެ. ’އަހަރެންގެ އަތުގައި މައިންބަފައިންނަށް ދޭން ހުރި ތަކެތި މާތްރަސްކަލާނގެއަށް ވެދުން ކޮށްފީމޭ.‘
އަވަސް އަރުވައިގެން މާތްރަސްކަލާނގެއަށް ނަދުރު ނުބުނާށެވެ. ފަހުން އެކަމާ ދެރަވާން ޖެހިދާނެއެވެ.
މާތްރަސްކަލާނގެ ވަޙީކުރެއްވީ. ’ތިޔަބައިމީހުންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އަދި އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނޭ.‘
ކަލޭމެން މީސްތަކުންނަށް އުނގަންނައިދެނީ އެބައިމީހުންގެ މައިންބަފައިންނަށް ގަދަރު ނުކުރުމަށް. ކަލޭމެންގެ އަމިއްލަ އުސޫލުތަކުގެ ޙައްޤުގައި ކަލޭމެން މާތްރަސްކަލާނގެ ވަޙީބަސްފުޅު ބާތިލު ކޮށްލީމު.
އެކަމަކު ޕަތަރަސްއާއި ޔޫޙަންނާ އެމީހުންނަށް ދެންނެވިއެވެ. ”ތިޔަބޭފުޅުން ވިދާޅުވެ ބައްލަވާ. އަޅުގަނޑުމެން ކިޔަމަން ވާންވީ ތިޔަބޭފުޅުންނަށް ތޯ ނުވަތަ މާތްރަސްކަލާނގެ ރަސްކަންފުޅަށް ތޯ؟
ޕަތަރަސްއާއި އެހެން ވެސް މަންދޫބުން މި ފަދައިން ބުނެ ޖަވާބުދިނެވެ. ”އަޅުގަނޑުމެން ކިޔަމަން ވަނީ އިންސާނުންގެ ބަސްތަކަކަށް ނޫން. އަޅުގަނޑުމެން ކިޔަމަން ވަނީ މާތްރަސްކަލާނގެ ބަސްފުޅަށް.