4 މާތްރަސްކަލާނގެ ވަޙީކުރެއްވީ. ’ތިޔަބައިމީހުންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އަދި އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނޭ.‘
ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.
އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނެ.
ބަފަޔާއި އަމަޔަށް ހުތުރުބަސް ބުނާ މީހާގެ ޙަޔާތުގެ ބައްތި ނިވި ކަނު އަނދިރިވެދާނެއެވެ.
ކަލޯއަށް ދިރިހުރުން ދިން ބަފާގެ ބަސްއަހާށެވެ. މުސްކުޅި އަމާ ކުޑައިމީސް ނުކުރާށެވެ.
ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ކަލޭމެން މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންނުވެ ކަލޭމެން އަމިއްލައަށް އުފައްދާ ގަވާއިދުތަކަށް ތަބާވަނީ ކީއްވެ؟
ނަމަވެސް ކަލޭމެން ބުނާގޮތުގައި މީހުންނަށް އެބައިމީހުންގެ މައިންބަފައިން ގާތުގައި ބުނެވިދާނެ. ’އަހަރެންގެ އަތުގައި މައިންބަފައިންނަށް ދޭން ހުރި ތަކެތި މާތްރަސްކަލާނގެއަށް ވެދުން ކޮށްފީމޭ.‘
މައިންބަފައިންނަށް ގަދަރު ކުރާތި. އަދި ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވާތި.“
އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.‘“
ކުދިންނޭވެ. މާތްސާހިބާ އެދިވޮޑިގަންނަވާ ފަދައިން ދަރިން މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ. ކަލޭމެން ކަންތައް ކުރަންވާ ރަނގަޅު ގޮތަކީ މިއީއެވެ.