Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 15:36 - ކިތާބުލް މުޤައްދަސާ

36 އަދި ހަތް ބޯރޮއްޓާއި، މަސްކޮޅު ނެންގެވުމަށް ފަހު އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. ދެން އެ ކާނާ ބައިބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވިއެވެ. އަދި އަސްޙާބީން މީސްތަކުންނަށް އެތަކެތި ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 15:36
14 ပူးပေါင်းရင်းမြစ်များ  

ދެން މީސްތަކުންނަށް ވިނަގަނޑު މަތީގައި އިށީނުމަށް އެކަލޭގެފާނު އެންގެވިއެވެ. އަދި ފަސް ބޯރޮއްޓާއި ދެ މަސް ނެންގެވުމަށް ފަހު، އުޑާއި ދިމާލަށް ބައްލަވައި މާތްރަސްކަލާނގެއަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު ބޯރޮށި ފަޅި ކުރައްވައި އެތަކެތި އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި އެތަނުގައި ތިބި މީސްތަކުންނަށް ބެއްސެވިއެވެ.


މީސްތަކުންނަށް ބިންމަތީގައި އިށީނުމަށް އީސާގެފާނު އެންގެވިއެވެ.


ދެން އީސާގެފާނު މޭބިސްކަދުރުދިޔަ ތައްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވާ އެތަށި އަސްޙާބީންނަށް ދެއްވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެން ކޮންމެ މީހަކު މިތަށިން ފޮދުވަރެއް ބޯލާ.


ދެން އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި އެބޯރޮށި ބައި ކޮށްލައްވައި އެމީހުންގެ މެދުގައި ބަހާ ލައްވަމުން ވިދާޅުވިއެވެ. ”⁠ތި ރޮށިކޮޅު ކާލާ. ތިޔައީ ކަލޭމެންނަށްޓަކައި ދެވިފައިވާ އަހަރެންގެ ހަށިގަނޑު. އަހަރެންގެ ހަނދާނުގައި މިގޮތުގެ މަތިން ކަން ކުރޭ.⁠“


އީސާގެފާނު އެމީހުންނާއި އެކު ކޭން ބައްލަވަން އިށީނދެ ވަޑައިގެން ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެބޯރޮށި ދެފަޅި ކޮށްލެއްވިއެވެ. އަދި އެބޯރޮށި ބައިބައި ކޮށްލައްވާ އެމީހުންނަށް ދެއްވަން ފެއްޓެވިއެވެ.


ދެން އީސާގެފާނު އެފަސް ރޮށި ނަންގަވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ދުޢާ ކުރައްވައި އެ އެތާނގައި ތިބި އެންމެންނަށް އެ ބައްސަވާ ލެއްވިއެވެ. އަދި މަސްތައް ނަންގަވައި ހަމަ އެފަދައިން ކަންތައް ކުރެއްވިއެވެ. ދެން އެ އެންމެން ކާނެވަރަކަށް ކައިފި އެވެ.


އެދުވަހު ތިބޭރިޔަސްއިން އައި ގިނަ އަދަދެއްގެ ދޯނިތަކެއް އީސާގެފާނު ބަރަކާތަށް އެދި ދުޢާކުރައްވައި މީސްތަކުންނަށް ކާންދެއްވި ތަނުގެ އައްސޭރީގެ ކައިރިފަށަށް ލެފިއެވެ.


ދެން ޕައުލް އެންމެންގެ ކުރިމަތީގައި ބޯރޮއްޓެއް ނަގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެއިން އެތިކޮޅެއް ކާލިއެވެ.


ތިބޭކަލުން އެ ރަށަށް ވަންނަވާ އިރު އެކަލޭގެފާނު މަޤާމުފުޅަށް އަރަން ދާތަން ފެންނާނެ. އެކަލޭގެފާނު ވަޑައިގެން އެ ޤުރުބާނީއަށް ބަރަކާތް ލެއްވުމަށް ދުޢާ ނުކުރައްވަނީހެއް މެހުމާނުންނެއް ނުކާނެ. އެކަލޭގެފާނާ އެތަނުން ތިބޭކަލުންނާ ބައްދަލު ވެދާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ