35 މީސްތަކުންނަށް ބިންމަތީގައި އިށީނުމަށް އީސާގެފާނު އެންގެވިއެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ އަތުގައި އޮތީ ކިތައް ބޯރޮށި ތަ؟“ އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”ހަތް ބޯ ރޮއްޓާއި، ދެތިން ކުޑަ މަހެއް.“
އަދި ހަތް ބޯރޮއްޓާއި، މަސްކޮޅު ނެންގެވުމަށް ފަހު އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. ދެން އެ ކާނާ ބައިބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވިއެވެ. އަދި އަސްޙާބީން މީސްތަކުންނަށް އެތަކެތި ދެއްވިއެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”އެންމެން ގާތު މިތާނ އިށީންނާށޭ ބުނޭ.“ އެތާނގެ ބިންމަތީގައި ވިނަ ހެދި ފެތުރިފައި ވިއެވެ. ދެން ހުރިހާ އެންމެން އިށީނދެއްޖެވެ. އެޖަމާޢަތުގައި ވީ ހަމައެކަނި ފިރިހެނުންގެ އަދަދު ވެސް ފަސްހާސް ކަމުގައި ވިއެވެ.