މައްތާ 15:32 - ކިތާބުލް މުޤައްދަސާ32 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ވިދާޅުވިއެވެ. ”އަހަރެން މިބައިމީހުންނާއި މެދު ހަމްދަރުދީވަން. މިބައިމީހުން އަހަރެންނާއި އެކުގައި މިހާރު ތިން ދުވަސް ހޭދަ ކޮށްފި. މިމީހުންގެ އަތުގައި މިހާރު ކާނޭ އެއްޗެއް ވެސް ނެތް. އެހެންވެ އެމީހުން ބަނޑުހައި ވެފާއިވާ ޙާލުގައި ފޮނުވާލުމަކަށް އަހަރެން ނޭދެމު. އެމީހުން ގެއަށް ދާ މަގުމަތީ ފަހަރެއްގައި ހޭނެތިދާނެ.“ အခန်းကိုကြည့်ပါ။ |
ޔަޙުޔާގެފާނާއިމެދު ކަންތައްތައް ހިނގައިދިޔަ ގޮތުގެ ޚަބަރުފުޅު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން ދޯންޏެއްގައި ފުރާ ވަޑައިގެން އެކަލޭގެފާނު ގިނިކަންޏާ އެކަހެރި ތަނަކަށް ވަޑައިގަތެވެ. ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު ވަޑައިގަންނަވާ ޚަބަރުފުޅު ލިބުމުން އެކިއެކި އަވަށްތަކުން ހިނގާފައި އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށް ޓަކައި އައެވެ.