Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 15:31 - ކިތާބުލް މުޤައްދަސާ

31 އެތަނުގައި އެއްވެތިބި މީސްތަކުންނަށް މިތަންފެނުނު ހިނދު އެބައިމީހުން ޙައިރާންވިއެވެ. މަންމަނުންނަށް މިހާރު ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެންވިއެވެ. ކޮރު މީހުންނަށާއި އަދި ވާގިބަލީގައި ވީ މީސްތަކުންނަށް ހިނގެންފެށިއެވެ. ލޯފަން މީހުންނަށް ފެނިގެންވިއެވެ. އަދި މިކަންތައްތަކާއި މެދު އެ ހުރިހާ އެންމެން ބަނީއިސްރާއީލުންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 15:31
23 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެމީހާ ބުންޏެވެ. ”⁠މީގެ ފަހުން ތިބާގެ ނަމަކީ ޔަޢުޤޫބެއް ނޫން. ތިބާގެ ނަމަކީ އިސްރާއީލު. ސަބަބަކީ ތިބާ އިންސާނުންނަށާއި އަދި މާތްކަލާނގެއަށް ދޫނުކޮށް ތަޅާފޮޅައިގެން ތިބާ މޮޅުވުން.⁠“


އެއަށް ފަހު އެތަނުގައި ޤުރުބާން ކުރުމަށް ހުންނަ ޚާއްސަ އައްޓެއް ހައްދަވައި ”⁠އީލު އިލާހު އިސްރާއީލު⁠“ ގެ ނަމުން އެ އައްޓަށް ނަން ދެއްވިއެވެ.


އެ ހިނދު އެބޭކަލުންނަށް އިސްރާއީލުގެ ވެރި އިލާހު ފެނި ވަޑައިގަތެވެ. އެކަލާނގެ ފައިންޕުޅުގެ ދަށުގައި ހީވަނީ ނޫ ޖަވާހިރުތަކެއްގެ ތަޅުމެއް އެޅިފައި އޮތް ހެންނެވެ. އެތަން އުދަރެސްހާ ނޫ ވެފައި ސާފެވެ.


ގިނަ ޢަދަދެއްގެ ބަޔަކު އެބައިމީހުންގެ ތެރޭގައިވާ ކޮރުމީހުންނާއި ވާބަލީގެ މީހުންނާއި ލޯފަން މީހުންނާއި މަންމަނުންނާއި އަދި މިނޫން ވެސް އެހެނިހެން ބަލިތައް ޖެހިފައިވާ މީހުން އީސާގެފާނުގެ ފައިންޕުޅު ދޮށަށް ގެނައެވެ. އަދި އެކަލޭގެފާނު އެ ހުރިހާ އެންމެންގެ ބަލި ހެޔޮކޮށްދެއްވިއެވެ.


ތިބާގެ އަތް ނުވަތަ ފައި ފާފަކުރުވާ ކަމުގައިވާނަމަ އެ ގުނަވަނެއް ކަނޑައި އެއްލާލާ. އެއީ ތިބާގެ ދެ އަތާއި ދެ ފައި ހުރެ އަބަދަށް ޓަކައިވާ އަލިފާނުގެ ތެރެއަށް އެއްލާލެވުމަށް ވުރެން ތިބާގެ ޖިސްމުން ބައެއް އުނިވެގެންވާ ޙާލުގައި އަބަދަށް ޓަކައި ދިރިހުރުން މާއެދެވޭ.


އެއަށްފަހު އީސާގެފާނު ބައިތުލް މަޤްދިސްގައި ހުންނަވަނިކޮށް ލޯފަން މީހުންނާއި ކޮރުމީހުން އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި އެކަލޭގެފާނު އެ މީސްތަކުންގެ ބަލިތައް ފަސޭހަކޮށްދެއްވިއެވެ.


މިވާހަކަތައް އީސާގެފާނު އަޑުއައްސަވައި އެކަލޭގެފާނު ޙައިރާންވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ދިމާލަށް އެނބުރި ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް މިވަރުގެ އީމާންކަން ހުރި މީހަކު އަހަރެން ނުދެކެން!


މި ދެ މީހުން އެތަނުން ދިޔުމަށް ފަހު، ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް އިތުރު މީހަކު ގެނައެވެ. ޖިންނި އަވާލާފައި ވުމުގެ ސަބަބުން މި މީހާއަށް ވާހަކައެއް ނުދެއްކެއެވެ.


ޖިންނިއަށް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދިއުމަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. އަދި އެ ހިނދު އެމީހާއަށް ވާހަކަ ދެކެވެން ފެށިއެވެ. އެތާ ތިބި އެންމެން ހައިރާންވެފައި ބުންޏެވެ. ”⁠މިފަދަ ކަމެއް މީގެ ކުރިން ބަނީއިސްރާއީލުންގެ ތެރެއިން ފެނިފައިނުވޭ.⁠“


މީސްތަކުންނަށް މިތަން ފެނި އެބައިމީހުން ނުހަނު އަޖައިބުވިއެވެ. އަދި އިންސާނަކަށް މިފަދަ މަތިވެރި ބާރެއް ދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އެ ހުރިހާ އެންމެން ޙަމްދު ކުރިއެވެ.


ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ހިފައިގެން ހިނގައްޖެއެވެ. މިކަމާމެދު އެ މީސްތަކުން އިންތިހާއަށް ޙައިރާންވެ، މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ސަނާ ކިޔައި ބުނެވުނެވެ. ”⁠މިފަދަ ޙައިރާން ކުރުވަނިވި ކަމެއް އަހަރެމެން ނުދެކެން!⁠“


އަދި މި ޙާދިސާގެ ޚަބަރު އެހި ކޮންމެ މީހަކު އަޖައިބުވެ އަންތަރީސް ވިއެވެ. އެބައިމީހުންނަށް ބުނެވުނެވެ. ”⁠އެކަލޭގެފާނު ބީރު މީހުންނަށް އަޑު އިވޭގޮތް ހައްދަވައި މަންމަނުންނަށް ވާހަކަދެކެވޭ ގޮތް ހައްދަވައިދެއްވި. އަދި މިހުރިހާ ކަމެއް އެކަލޭގެފާނު ކުރެއްވީ ޙައިރާން ކުރުވަނިވި ގޮތަކަށް!⁠“


އެހެންވީމާ، ތިބާގެ އަތަކުން ފާފަތަކަށް އަރައިގެންފިނަމަ އެ އަތެއް ކަނޑާލާ. އެއީ ދެއަތް ލިބިގެންވާ ޙާލުގައި ނިމުންނުވާ އަލިފާނުގެ ތެރެއަށް ދިއުމުގެ ބަދަލުގައި އެއް އަތް ހުރެމެ ނުކުޅެދިގެންވާ ޙާލުގައި ވެސް ނިމުންނުވާ ދިރިހުރުން ލިބުން މޮޅުއިތުރު ވެގެންވާތީ.


ކަލޭ ބޮޑުކެއުމެއް ތައްޔާރުކުރަނީ ނަމަ ފަގީރުންނަށާއި ނުހިނގޭ މީހުންނަށާއި ވާބަލި ޖެހިފައިވާ މީހުންނަށާ ލޯއަނދިރި މީހުންނަށް ދަޢުވަތު ދީ.


އޭނާގެ ނޯކަރު މީހާ އައިސް މި ވާހަކަތައް ބުނުމުން ވެރިމީހާ މިކަމާއި ވަރަށް ބޮޑަށް ރުޅި އައި. ދެން އޭނާގެ ނޯކަރުންނަށް ބުނި. ’⁠އަވަހަށް ދާށޭ. މަގު މައްޗަށާއި ރަށުގެ ކުދި ގޯޅިތަކަށް ގޮސް ފަޤީރުންނާއި، ކޮރު މީހުންނާއި، ލޯއަނދިރި މީހުންނާ، ވާ މީހުންނާއި ގެންނާށޭ.⁠‘


ހަމަ އެވަގުތު އޭނާގެ ލޮލަށް އަލިވެއްޖެއެވެ. ދެން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރަމުން އީސާގެފާނުގެ އަރިހުގައި ހިނގައްޖެއެވެ. މިތަން ދުށް އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރިއެވެ.


މިތަން ދެކެފައި އެތާނގައި ތިބި ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ. ”⁠ކައުއިތުރު ނަބީ ބޭކަލަކު އަހަރެމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި! މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކައި މި ދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާ ރަޙުމަތްލައްވަވަން ފައްޓަވައިފި!⁠“


އެހެންވެ ލޮލަށް އަލިކަން ލިބުނު މީހާ އަށް ފަރީސީން އެންގިއެވެ. ”⁠ކަލޭ މާތްރަސްކަލާނގެ ކިބަފުޅަށް ހުވާކޮށް ތެދުބުނޭ. ތިޔަ ބުނާ އީސާއަކީ ދޮގުވެރި ފާފަވެރިއެއް ކަން އަހަރެމެންނަށް އެނގޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ