މައްތާ 15:30 - ކިތާބުލް މުޤައްދަސާ30 ގިނަ ޢަދަދެއްގެ ބަޔަކު އެބައިމީހުންގެ ތެރޭގައިވާ ކޮރުމީހުންނާއި ވާބަލީގެ މީހުންނާއި ލޯފަން މީހުންނާއި މަންމަނުންނާއި އަދި މިނޫން ވެސް އެހެނިހެން ބަލިތައް ޖެހިފައިވާ މީހުން އީސާގެފާނުގެ ފައިންޕުޅު ދޮށަށް ގެނައެވެ. އަދި އެކަލޭގެފާނު އެ ހުރިހާ އެންމެންގެ ބަލި ހެޔޮކޮށްދެއްވިއެވެ. အခန်းကိုကြည့်ပါ။ |
އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.