Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 15:29 - ކިތާބުލް މުޤައްދަސާ

29 އެތަން ދޫކުރެއްވުމަށް ފަހު އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގެން ފަރުބަދައިގެ މައްޗަށް އަރާވަޑައިގެން އެކަލޭގެފާނު އިށީނދެވަޑައިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 15:29
12 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނުގެ ވަށައިގެން ގިނަ ޢަދަދެއްގެ ބަޔަކު ވުމުގެ ސަބަބުން އެކަލޭގެފާނު ދޯންޏަކަށް އަރާ ވަޑައިގެންނެވިއެވެ. އޭރު މީސްތަކުން ގޮނޑުދޮށުގައި ތިއްބެވެ.


އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ޝަމްއޫނު ޕަތަރަސްއާއި އޭނާގެ ކޮއްކޮ އަންދުރާއި މި ދެބެއިން ފެނިވަޑައިގަތެވެ. އެ ދެބެއިންނީ މަސްވެރިންނެވެ. އޭރު އެދެބެއިން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ.


އީސާގެފާނަށް އެއްވެފައި ތިބި މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު ފަރުބަދައިގެ މައްޗަށް އަރާވަޑައިގެންނެވުމަށް ފަހު އިށީނދެ ވަޑައިގަތެވެ. އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައެވެ.


އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި އޮތްގޮތަށް ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް މަސްވެރިންގެ ދެމީހަކު ފެނިވަޑައިގަތެވެ. އެއީ ޝަމްއޫނު އާއި އޭނާގެ ކޮއްކޮ އަންދުރާއި އެވެ. އޭރު އެދެމީހުން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ.


އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ހުންނެވިއެވެ. އީސާގެފާނު އެތާނގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ތިއްބެވެ. މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ. އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ.


ފަހުން އަނެއްކާވެސް އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރީގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަން ހިނގީ މިފަދައިންނެވެ.


ދެން މިއަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީކަނޑު، ނުވަތަ ތިބޭރިޔަސް ކަނޑުގެ އަނެއްފަރާތަށެވެ.


އެދުވަހު ތިބޭރިޔަސްއިން އައި ގިނަ އަދަދެއްގެ ދޯނިތަކެއް އީސާގެފާނު ބަރަކާތަށް އެދި ދުޢާކުރައްވައި މީސްތަކުންނަށް ކާންދެއްވި ތަނުގެ އައްސޭރީގެ ކައިރިފަށަށް ލެފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ