މައްތާ 15:26 - ކިތާބުލް މުޤައްދަސާ26 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ދަރިންނަށް ހުރި ކާނާ ގެންގޮސް ކުއްތާތަކަށް ކާންދިނުމަކީ ރަނގަޅު ކަމެއް ނޫން.“ အခန်းကိုကြည့်ပါ။ |
އަހަރެންނާއި ކަލެއާ މިއީ ބަނީއިސްރާއީލު މީހުން. އަހަރެމެން ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާންވެތިބި މީހުންނަށް އެނގޭ، އަހަރެމެންނަށް ދިންނެވުން ލިބިފައިމިވަނީ އަހަރެމެން އަމުރުފުޅުތަކާއި ގަވާއިދާ އެއްގޮތަށް ކަންތައް ކުރާތީއެއް ނޫންކަން. އަހަރެމެން ދިންނެވިފައި މިވަނީ އީސާގެފާނު ގަބޫލުކޮށް އީމާންވުމުގެ ސަބަބުން. އެހެނީ އެއްވެސް މީހަކަށް އެމީހަކު ކުރާކަންތައް ތަކެއްގެ ސަބަބަކުން މާތްރަސްކަލާނގެ ރުއްސެވުމެއް ނުހޯދޭނެ.
ހަނދާން ކުރަންވީ، އޭރު ތިޔަބައިމީހުންނަށް އަލްމަސީޙު އެނގިގެންނުވާ ކަމެވެ. ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނަށް ތިޔަބައިމީހުންނީ ބިދޭސީންނެވެ. އަދި މާތްރަސްކަލާނގެ އެބައިމީހުންނާއިމެދު ވަޢުދު ވެވަޑައިގެންނެވި އިޤުރާރުން އެއްވެސް ޖާގައެއް ތިޔަބައިމީހުންނަށް ލިބިގެންނުވެއެވެ. ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދިޔައީ އިލާހެއް ވޮޑިގެންވާކަމުގައި ނުބަލާ އަދި އުންމީދު ގެއްލިފައިވާ ގޮތުގައެވެ.