Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 15:23 - ކިތާބުލް މުޤައްދަސާ

23 ނަމަވެސް އެ އަންހެނާއަށް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވާ ހަމަހިމޭނުން ހުންނެވިއެވެ. ވީމާ އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް އާދޭސް ދެންނެވިއެވެ. ”⁠އެ އަންހެނާއަށް މިތަނުން ދިއުމަށް ވިދާޅުވޭ. އެ އަންހެނާ އެއަންނަނީ އަޅުގަނޑުމެންގެ ފަސްފަހަތުން ނުނެއްޓި ހަޅޭއްލަވަމުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 15:23
8 ပူးပေါင်းရင်းမြစ်များ  

ޔޫސުފުގެފާނަށް އެކަލޭގެފާނުގެ އަޚުން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންނަށް ޔޫސުފުގެފާނެއް ނޭނގެއެވެ. ހަމައެހެންމެ ޔޫސުފުގެފާނު ވެސް އެކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިނުގަންނަވާކަމަށް ހެއްދެވިއެވެ. އަދި ވަރަށް ހަރުކަށި ރާގަކާއި އަޑުފުޅަކުން މިފަދައިން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ކޮށް ރަށަކުން އައި ބައެއް؟⁠“ އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނަކީ ގޮވާން ގަތުމަށްޓަކައި ކަންޢާނުން އައި ބަޔަކީމު.⁠“


އިރު އޮއްސުމަކާއި ކައިރިވެފައި ވަނިކޮށް އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މިއީ މީހުން އުޅޭ ސަރަހައްދެއް ވެސް ނޫން. އަދި ވަރަށް ލަސްވެއްޖެ. މި މީސްތަކުން ފޮނުވާލައްވަން ވީނޫންތޯ؟ އޭރުން އެމީހުން ކައިރީގައިވާ އަވަށްތަކަށް ގޮސް ކާއެއްޗެއް ހޯދާފާނެ.⁠“


އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”⁠އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.⁠“


ދެން އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން ފޮނުއްވުނީ ހަމައެކަނި އިސްރާއީލުގެ މީހުންގެ ގާތަށް. އެމީހުން ތިބީ ހުއިހައްޕާނެ މީހަކު ނެތި ތިބި ކަންބަޅިތަކެއް ފަދައިން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ