Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 15:22 - ކިތާބުލް މުޤައްދަސާ

22 އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”⁠އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 15:22
19 ပူးပေါင်းရင်းမြစ်များ  

މިއީ އީސާ އަލްމަސީޙުގެ ކާބަފައިންގެ ތާރީޚެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ދާއޫދުގެފާނުގެ އާއިލާއިންނެވެ. އަދި ދާއޫދުގެފާނު ވަޑައިގެންނެވީ އިބްރާހީމްގެފާނުގެ އާއިލާއިންނެވެ.


ނަމަވެސް އެ އަންހެނާއަށް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވާ ހަމަހިމޭނުން ހުންނެވިއެވެ. ވީމާ އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް އާދޭސް ދެންނެވިއެވެ. ”⁠އެ އަންހެނާއަށް މިތަނުން ދިއުމަށް ވިދާޅުވޭ. އެ އަންހެނާ އެއަންނަނީ އަޅުގަނޑުމެންގެ ފަސްފަހަތުން ނުނެއްޓި ހަޅޭއްލަވަމުން.⁠“


މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އީސާގެފާނު އެ ސަރަހައްދު އޮތްގޮތަށް ވަޑައިގަންނަވަމުން ގެންދެވި ހިނދު، ލޯފަން ދެމީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެ ދެމީހުން އާދޭސް ކުރަމުން މިހެން ގޮވަމުން ދިޔައެވެ. ”⁠އޭ ދާއޫދު‏ގެފާނުގެ ދަރިކަލުން! އަޅުގަނޑުމެންގެ މައްޗަށް ރަޙުމް ކުރައްވާ.⁠“


މި ޓެކްސް ނަގާ މީހާ ވެސް ދުޢާކުރި. ނަމަވެސް އޭނާ އެއްކައިރިއެއްގައި އިސް އުފުލާލަން ވެސް ނުކެރި ހުރެ ވަރަށް އަސަރާއިއެކު ދުޢާކުރި. ’⁠މާތްރަސްކަލާކޯއޭ. އިނބަރަސްކަލާނގެ މިފާފަވެރިޔާގެ މައްޗަށް ރަޙުމް ކުރައްވާފާނދޭ.⁠‘⁠“


މިމީހުން އެތަނަށް އައީ އީސާގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށާއި އެމީހުންގެ ބަލިތަކުން ފަސޭހަ ވުމަށް އެދިއެވެ. ޖިންނީންގެ ސަބަބުން މީހުންނަށް ޖެހިފައިވާ ބަލިތައް ވެސް އެދުވަހު އެތާނގައި ފަސޭހަ ކުރެވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ