17 އަނގައިގެ ތެރެއަށް އެތެރެކުރެވޭ ކޮންމެ ކާނާއެއް ދާނީ ބަނޑުގެ ތެރެއަށް ކަން ތިޔަބައިމީހުން ދަންނާނެކަން ޔަޤީން. އެއަށް ފަހު އެ ކާނާ ހަށިގަނޑުން ބޭރުވެދޭ.
އީސާގެފާނު ވިދާޅުވިއެވެ. ”އަދިވެސް ތިޔަބައިމީހުންނަށް އެނގިގެންނުވޭތަ؟
މީސްތަކުންގެ އަނގައިން ނުކުންނަނީ އެބައިމީހުންގެ ހިތުގައިވާ ކަންތައްތައް. މީސްތަކުން ނުތާހިރު ކުރުވާ ކަންތައްތަކަކީ އެފަދަ ކަންތައްތައް.
ސަބަބަކީ އެތަކެތި ދަނީ އެމީހެއްގެ ހިތަކަށް ނޫން. ނަމަވެސް ބަނޑަށް. އަދި އެތަކެތި ހަޖަމު ވުމަށް ފަހު ހަށިގަނޑުގެ ތެރެއިން ބޭރުވެގެންދޭ.“ (މިހެން ވިދާޅުވެލެއްވުމުން ކެއުމަށް އެކަށޭނަ އެންމެހާ ތަކެތި ކެއުމަކީ ހުއްދަ ވެގެންވާ ކަމެއްކަމުގައި އީސާގެފާނު އިޢުލާނު ކުރެއްވިއެވެ.)
ރަނގަޅު މީހުންގެ ހިތްތައް ރަނގަޅު ޚިޔާލުތަކުން ފުރިފައި ވާތީ އެމީހުން ރަނގަޅު އަމަލުތައް ކުރޭ. ނުބައިމީހުންގެ ހިތްތައް ނުބައި ޚިޔާލުތަކުން ފުރިފައި ވާތީ އެބައިމީހުން ނުބައި އަމަލުތައް ކުރޭ. ދުލުން ފާޅު ކުރެވެނީ ހިތުގެ އަޑީގައި އުފެދިގެން ނުކުންނަ ބަސްތައް.“
އަހަރެމެންގެ ދުލަކީ ވެސް ހަމަ އެފަދަ އަލިފާން ކަންޏެކެވެ. އޭގައި މުޅި ޙަޔާތް ބަރުބާދު ކުރުވާފަދަ ނުބައި ނުލަފާ އެތައް ކަމެއް އެކުލެވިފައިވެއެވެ. އެ ދޫ ނަރަކައިގެ އަލިފާނުގެ ގިނީގައި އަނދައި ދިއުމަށް ވެސް ދޫކޮށްލެވިގެން ވެއެވެ.