15 ޕަތަރަސް ދެންނެވިއެވެ. ”ތިޔަ ވިދާޅުވި މިސާލުބަސްފުޅު އަޅުގަނޑުމެންނަށް އޮޅުންފިލުވައި ދެއްވާ.“
”މިހާރު ދަނޑުވެރިޔާގެ މާނަފުން ވާހަކައިގެ މާނަ މި ބުނެދެނީ. އަޑުއަހާ.
އެއަށް ފަހު އެއްވެފައިވީ މީސްތަކުންގެ ކައިރިން ދުރަށް ވަޑައިގެން އީސާގެފާނު ގޭގެތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ދަނޑުގައިވާ ވިނަގަހާއި މެދު ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟“
އީސާގެފާނު ވިދާޅުވިއެވެ. ”އަދިވެސް ތިޔަބައިމީހުންނަށް އެނގިގެންނުވޭތަ؟
އެބައިމީހުންނާއި އެކަލޭގެފާނު މުޚާތަބު ކުރެއްވީ މުޅިން ވެސް މާނަފުން ވާހަކައިންނެވެ. އެހެނަސް އެކަލޭގެފާނުގެ އަސްޙާބީންނާއެކު އެކަހެރިވެ ވަޑައިގަންނަވާ ހިނދު މިހުރިހާ ވާހަކަތަކެއް އަސްޙާބީންނަށް އޮޅުންފިލުވައި ދެއްވައެވެ.
އެއްވެފައިވާ މީސްތަކުން ދޫކޮށް އީސާގެފާނު ގޭ ތެރެއަށް ވަދެވަޑައިގަތެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހުގައި އެ ވިދާޅުވި މާނަފުން ބަސްފުޅު ޝަރަޙަ ކޮށްދެއްވުމަށް އެދި ދެންނެވިއެވެ.
ދެން އަސްޙާބީން ދެންނެވިއެވެ. ”އަދިކިރިޔާ އަޅުގަނޑުމެންނަށް އެނގޭފަދަ ގޮތަކަށް، މިސާލުބަސްތައް ބޭނުން ނުކުރައްވައި، ކަލޭގެފާނު އަޅުގަނޑުމެންގެ ގާތުގައި ތިޔަ ވާހަކަތައް ވިދާޅުވަނީ.