މައްތާ 15:10 - ކިތާބުލް މުޤައްދަސާ10 އީސާގެފާނު އެތަނުގައި ވީ މީސްތަކުންނަށް އެއްވުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެން ބުނާ ބަސްތައް އަޑުއަހައި ދޭހަވޭތޯ ބަލާ! အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންނާއި ބެހޭ ޚަބަރުތައް އަހަރެމެންނަށް އަޑު އިވުނީއްސުރެ ތިޔަބައިމީހުންނަށްޓަކައި ދުޢާކުރުން އަހަރެމެން ހުއްޓައެއް ނުލަމެވެ. އަދި އެކަލާނގެ މާތް ރޫޙުފުޅުން ދެއްވާ ހުރިހާ ޙިކުމަތްތަކާއި ވިސްނުންތެރިކަމުން އެކަލާނގެ އެދިވޮޑިގެންވާ ކަންތައްތަކުގެ ފުރިހަމަ އިލްމު ތިޔަބައިމީހުންނަށް ދެއްވުން އެދި އަހަރެމެން މެދުނުކެނޑި ދުޢާކުރަމެވެ.