Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 14:9 - ކިތާބުލް މުޤައްދަސާ

9 މިކަމާއި ހެރޮދު ރަސްގެފާނު ދެރަވިއެވެ. އެކަމަކު އޭނާ އެންމެހާ މެހުމާނުންގެ ކުރިމަތީގައި ކުރި ހުވައެއް ފުއްދަން ޖެހޭތީ އެ އަންހެންކުއްޖާ އެދުނުފަދައިން ކަންތައް ކޮށްދިނުމަށް އޭނާ އަމުރު ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 14:9
27 ပူးပေါင်းရင်းမြစ်များ  

އެދުވަސްވަރު ގަލީލީގެ ވެރިޔާ ހެރޮދުއަށް އީސާގެފާނުގެ މަޝްހޫރުކަމާއި ބެހޭ ގޮތުން ޚަބަރު ލިބުނެވެ.


އަދި އޭނާގެ ސިފައިން ޖަލަށް ފޮނުވައި ޔަޙުޔާގެފާނުގެ ބޯ ކަނޑުއްވައިލެއްވިއެވެ.


ހެރޮދު ބޭނުންވީ ޔަޙުޔާގެފާނު އަވަހާރަ ކޮށްލައްވާށެވެ. ނަމަވެސް އޭނާ މީސްތަކުން ދެކެ ބިރުން އެކަން އެ ގޮތަށް ކުރުމަށް ޖެހިލުން ވިއެވެ. އެއީ ޔަޙުޔާގެފާނަކީ ނަބީބޭކަލެއް ކަމުގައި މީސްތަކުން ގަބޫލު ކުރާތީއެވެ.


އެކުއްޖާ އޭނާގެ މަންމަ ބުނުމުން ހެރޮދު ކައިރީން އެދުނެވެ. ”⁠އަހަރެން އެދެނީ ޔަޙުޔާގެ ބޯ ތަބަކަކަށް ލައިގެން މިތަނަށް ގެނެސް ދިނުން.⁠“


މީސްތަކުންގެ މެދުގައި އީސާގެފާނުގެ މަޝްހޫރުކަން ހުރިހާ ސަރަހައްދެއްގައި ފެތުރިގެން ދިޔައެވެ. އަދި ހެރޮދު ރަސްގެފާނަށް މި ޚަބަރު ލިބުނެވެ. އީސާގެފާނާއިމެދު އެއްބަޔަކު ބުނަމުން ދިޔައީ މިފަދައިންނެވެ. ”⁠އެއީ ޔަޙުޔާގެފާނެއް ނޫންތަ؟ އެކަލޭގެފާނު އަލުން ދިރިވަޑައިގެންނެވީ ނޫންތަ؟ އެހެންވެއެއް ނޫންތަ އެކަލޭގެފާނަށް މުޢުޖިޒާތްތަކެއް ދެއްކުމުގެ ކުޅަދާނަކަން ލިބިފައި ވަނީ؟⁠“


ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.


މި ނިންމުމާމެދު ހެރޮދު ރަސްގެފާނު ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ސަބަބަކީ ހެރޮދު ރަސްގެފާނު އެތައް ހުވައެއް ކުރީ އެންމެހާ މެހުމާނުންގެ ކުރިމަތީގައި ކަމަށް ވުމެވެ.


އެކަލޭގެފާނު ޖަވާބުދެއްވިއެވެ. ”⁠އެ ހީލަތްތެރިޔާ ކައިރީ ބުނޭ. މިއަދާއި މާދަމާ އަހަރެން ޖިންނީގެ ބާރުގެ ދަށުވެފައިވާ މީހުން އެޖިންނީންގެ ފަރާތުން ސަލާމަތްކޮށް ބަލި މީހުންގެ ބަލިތައް ފަސޭހަކޮށްދީ ހަދާނަން. އަދި ތިންވަނައަށް ވާ ދުވަހު އަހަރެން ކަންތައް ކުރުމަށް ނިންމާފައިވާ ފަދައިން ކަންތައްކޮށް ނިންމާނަން.


އިސްރާއީލު މީހުން އެދުވަހު ތިބީ ނުތަނަވަސްކަން މަތީގައެވެ. އެހެނީ ޝާއުލްގެފާނު އެމީހުންނާ ހުވައެއް މަތިކުރައްވައިފިވެ. ”⁠އެކަކު ވެސް މިއަދު އިރުއޮއްސުމުގެ ކުރީގައި އަދާވާތްތެރިން ބަލިކޮށްފައި ނޫނީ އެއްޗެއް ކައިބޮއި ހަދައިފި މީހަކަށް ލަޢުނަތް ހުރި.⁠“ އެހެންވެ އެދުވަހު އެކަކު ވެސް ކާއެއްޗެއް ނުކައެވެ.


އެވަގުތު އޭގެ ތެރޭން މީހަކު އޭނާގެ ގާތު ބުންޏެވެ. ”⁠ކަލޭގެ ބައްޕަ ވަނީ މިއަދު އަހަރެމެންނާ ހުވައެއް މަތި ކުރައްވާފައި. އެއީ ދުޝްމަނުން ބަލި ނުވަނީސް އެކަކު ވެސް ކާ އެއްޗެއް ނުކެއުމަށް. އެހެންނޫނީ އެމީހަކަށް ލަޢުނަތް ލެވިދާނެޔޭ. އެހެންވެ އެންމެން މިތިބީ ހާންތިވެފަ⁠“


މާދަމާ އިރު އަރާއިރަށް އެކަލޭގެ ގެންގުޅޭ އެންމެ ފިރިހެނަކު ދިރި ހުއްޓަސް މާތްކަލާނގެ މި ދާއޫދުގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠“


ޝާއުލްގެފާނު އޭނާ ކުރިމަތީގައި ހުވާ ކުރެއްވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން. މިކަންތައް ކޮށްގެން ކަލެއަކަށް އަދަބެއް ނުލިބޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ