8 އެކުއްޖާ އޭނާގެ މަންމަ ބުނުމުން ހެރޮދު ކައިރީން އެދުނެވެ. ”އަހަރެން އެދެނީ ޔަޙުޔާގެ ބޯ ތަބަކަކަށް ލައިގެން މިތަނަށް ގެނެސް ދިނުން.“
އެމީހުންނަކަށް ނުބައި ކަމެއް ކޮށްނުލައެއް ނުތިބެވޭނެއެވެ. އަދި އެމީހުން ބޭނުންވާނީ އަވަސްގޮތަކުން މީހަކު މަރާލުމަށެވެ.
ލެޔަށް ފެންބޮވާފައި ހުންނަ މީހާ އަބުރުވެރިން ދެކެ ނަފްރަތު ކުރެއެވެ. އެކަމަކު ހެޔޮ މީހުން ތެދުވެރިންނަށް އެހީތެރިކަން ފޯރުވައެވެ.
އަދި ތަބަކަށް ލައިގެން ގެނެސް އެ އަންހެންކުއްޖާއަށް ދިނެވެ. އަދި އެ އަންހެންކުއްޖާ އެ ތަބައް ހިފައިގެން ގޮސް އޭނާގެ މަންމައަށް ދިނެވެ.
މި ގޮތަށް އެކުއްޖާ ކަންތައް ކުރުމުން އޭނާ ބޭނުން ކޮންމެ އެއްޗެއް ދިނުމަށް ހެރޮދު ވަޢުދު ވިއެވެ.
މިކަމާއި ހެރޮދު ރަސްގެފާނު ދެރަވިއެވެ. އެކަމަކު އޭނާ އެންމެހާ މެހުމާނުންގެ ކުރިމަތީގައި ކުރި ހުވައެއް ފުއްދަން ޖެހޭތީ އެ އަންހެންކުއްޖާ އެދުނުފަދައިން ކަންތައް ކޮށްދިނުމަށް އޭނާ އަމުރު ކުރިއެވެ.
އެގޮތުން ހެރޮދިއާސްގެ އަންހެން ދަރިފުޅު އޭނާގެ މަންމަ ކައިރިއަށް ގޮސް ބުންޏެވެ. ”އަހަރެން އެދެންވީ ކޮންކަމަކު؟“ ”ޔަޙުޔާގެފާނުގެ ބޯފުޅު“ މަންމަ ޖަވާބު ދިނެވެ.
އަންހެން ކުއްޖާ އަވަސްކަމާއެކު އައިސް ރަސްގެފާނަށް އެދުނެވެ. ”މިހިނދުން ހިނދަށް އަހަރެން އެދެނީ ޔަޙުޔާގެފާނުގެ ބޯ ތަބަކަކަށް ލައިގެން މިތަނަށް ގެނެސް ދިނުން!“
އަދި ތަބަކަށް ލައިގެން ގެނެސް އެ އަންހެންކުއްޖާއަށް ދިނެވެ. ދެން އެ އަންހެންކުއްޖާ އެ ތަބައް ހިފައިގެން ގޮސް އޭނާގެ މަންމައަށް ދިނެވެ.