މައްތާ 14:5 - ކިތާބުލް މުޤައްދަސާ5 ހެރޮދު ބޭނުންވީ ޔަޙުޔާގެފާނު އަވަހާރަ ކޮށްލައްވާށެވެ. ނަމަވެސް އޭނާ މީސްތަކުން ދެކެ ބިރުން އެކަން އެ ގޮތަށް ކުރުމަށް ޖެހިލުން ވިއެވެ. އެއީ ޔަޙުޔާގެފާނަކީ ނަބީބޭކަލެއް ކަމުގައި މީސްތަކުން ގަބޫލު ކުރާތީއެވެ. အခန်းကိုကြည့်ပါ။ |
ޔަޙުޔާގެފާނު ތިޔަބައިމީހުންގެ ކައިރިއަށް ވަޑައިގެން ދާންވީ ހެޔޮމަގު ދައްކަވައި ދެއްވި. ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ނުވި. ނަމަވެސް ނުޙައްޤުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން އެކަލޭގެފާނަށް އީމާންވި. އަދި އެބައިމީހުން އަމަލުކުރި ގޮތް ތިޔަބައިމީހުންނަށް ފެނުމުން ވެސް ތިޔަބައިމީހުންގެ ފާފަވެރިކަން ދޫކޮށްލައި އެކަލޭގެފާނަށް އީމާންވުމަށް ދެކޮޅު ހެދި.“
މި ދީނީކޯޓުގެ ވެރިން ޕަތަރަސްއާއި ޔޫޙަންނާ އަށް އިތުރަށް ވެސް ބިރުދައްކާ އިންޒާރުތައް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް ޖެހުނީ ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލާށެވެ. އެއީ އެމީހުންނަށް އަދަބު ދީފިނަމަ މީސްތަކުންގެ ތެރޭގައި ބަޣާވަތެއް އުފެދޭނެ ކަން އެމީހުންނަށް ޔަޤީނެވެ. އެއީ ސާޅީސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުހިނގި ވާވެފައިވީ މީހާ ރަނގަޅު ވުމުގެ ސަބަބުން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ދިޔައެވެ.
ދެން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިމީހާ އޭނާގެ ސިފައިން ގޮވައިގެން ގޮސް އީސާގެފާނުގެ މަންދޫބުން ހައްޔަރުކޮށް ގެންދިޔައެވެ. ނަމަވެސް އެމީހުން މި ފަހަރަކު އެއްގޮތަކަށް ވެސް ބާރުގެބޭނުމެއް ނުކުރެއެވެ. އެއީ ސިފައިން އީސާގެފާނުގެ މަންދޫބުންނާ ދޭތެރޭ ހަރުކަށިކޮށް ކަން ކުރަނިކޮށް ފެނިއްޖިއްޔާ އެތާނގައިވާ މީސްތަކުން ގާ އުކާ އެ ސިފައިން މަރާލަފާނެތީ ގަންބިރަށެވެ.