Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 14:29 - ކިތާބުލް މުޤައްދަސާ

29 އީސާގެފާނު ޕަތަރަސް އަށް ވިދާޅުވިއެވެ. ”⁠އާދޭ!⁠“ އެވަގުތު ޕަތަރަސް ދޯނިން ފައިބައި ފެންމަތީގައި ހިނގާފައި އީސާގެފާނުގެ އަރިހަށް ދިއުމަށް ހިނގައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 14:29
10 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޕަތަރަސް ބުންޏެވެ. ”⁠މާތްސާހިބާ! ޙަޤީޤަތުގައި ތިޔައީ ސާހިބާ ކަމުގައި ވާނަމަ ސާހިބާގެ އަރިހަށް ފެންމަތީގައި ހިނގާފައި އަޅުގަނޑު ދިއުމަށް އަމުރު ކުރައްވާ!⁠“


ނަމަވެސް ނަގާފައި ހުރި ގަދަ ކޮޅިގަނޑާއި އަދި ކަނޑުގައިވާ ބިޔަ ރާޅުތައް ޕަތަރަސްއަށް ފެނުނު ހިނދު އޭނާ ބިރުގަތެވެ. އަދި އޭނާ ގެނބެން ފަށައިފިއެވެ. އެ ހިނދު އޭނާ މިހެން ގޮވާ ހަޅޭލެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑު ސަލާމަތް ކޮށްދެއްވާ!⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’⁠ތިޔަ ހުރި ތަނުން ލުހިގެން ދާށޭ⁠‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.⁠“


އީސާގެފާނު އެބޭކަލުންނަށް ޖަވާބު ދެއްވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުން އީމާންތެރިކަންމަތީ އަދި ޝައްކެއްނެތި ވާނަމަ އަހަރެން މި ވައްތީނި ގަހަށް މި ކުރިކަންތައް ތިޔަބައިމީހުންނަށް ވެސް ކުރެވިދާނެ. އަދި މިތަނުގައި ހުރި ފަރުބަދައަށް ’⁠މިތަނުން ލުހިގެން ކަނޑަށް ދާށޭ⁠‘ ތިޔަބައިމީހުން ބުންޏަސް، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަށް ކުޅަދާނަވެގެން ވާނަމައޭ ތިބާ ތިޔަ ބުނީ ކީއްވެ؟ އީމާންތެރިކަމުގައިވާ މީހަކަށް ކޮންމެ ކަމެއް ވެސް ކުޅަދާނަ ވެގެންވާނެ.⁠“


އީސާގެފާނު އެމީހުންނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠ރެވި އޮށެއް ހާ މިންވަރުގެ އީމާންކަން ކަލޭމެންގެ ކިބައިގައި ވާ ނަމަވެސް މި ތޫތު ގަހަށް މުލުން ލުހިގެން ގޮސް ކަނޑުގައި އިންދޭށޭ ބުންޏަސް އެގަސް ކަލޭމެންގެ އަމުރަށް ކިޔަމަން ވާނެ.


މިމީހާ ރަނގަޅުވެފައި އެވަނީ އޭނާ އީސާގެފާނުގެ ނަންފުޅަށް އީމާންވުމުގެ ސަބަބުން. މިމީހާ އަކީ ކަލޭމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން ވިހޭސުރެން ދެ ފައި ވާވެފައިވީ ނުހިނގޭ މީހެއް. އޭނާގެ ފައިގައި ވަރުޖެހި އޭނާ ރަނގަޅު އެވީ ކަލޭމެން އެންމެންގެ ކުރިމަތީގަ.


ކޮންމެ ޙާލަތަކަށް ކުރިމަތިލުމުގެ ކުޅަދާނަކަން އަލްމަސީޙު އަހަރެންނަށް ދެއްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ