މައްތާ 14:27 - ކިތާބުލް މުޤައްދަސާ27 ކުއްލިއަކަށް އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ބިރު ނުގަނެ ހިތްވަރު ބަހައްޓާ! މިއީ އަހަރެން!“ အခန်းကိုကြည့်ပါ။ |
ޒަބަދީގެ ދެދަރިން ޔާމިޒު އާއި ޔޫޙަންނާ ވެސް މިތަން ދެކެ ހައިރާންވިއެވެ. މި ދެމީހުންނަކީ ޝަމްއޫނު އާއި އެކު މަސައްކަތް ކުރާ ދެމީހުންނެވެ. އީސާގެފާނު ޝަމްއޫނަށް ވިދާޅުވިއެވެ. ”ކަންބޮޑުވެ ބިރުނުގަނޭ. މިއަދުން ފެށިގެން ކަލޭ މަސް ހިފުމުގެ ބަދަލުގައި މާތްރަސްކަލާނގެ މަގު ދެއްކުމަށްޓަކައި ހިފާނީ އިންސާނުން.“
އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.“