Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 14:26 - ކިތާބުލް މުޤައްދަސާ

26 އަސްޙާބީންނަށް އެކަލޭގެފާނު ފެންމަތީ ހިންގަވާފައި ވަޑައިގެންނެވިތަން ފެނުނު ހިނދު އެބޭކަލުން ނުހަނު ބިރުގަތެވެ. އަދި އެބޭކަލުން ބިރުން ތިބެ ގޮވިއެވެ. ”⁠އެހެރީ ފުރޭތައެއް!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 14:26
11 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެމީހުންނަކަށް އެތަނުން އެކަލޭގެފާނުގެ ހަށިކޮޅެއް ނުފެނުނު. އެމީހުން އެނބުރި އައިސް ބުނީ އެތަނުން އެމީހުންނަށް ފެނުނީ ދެ މަލާއިކަތް ބޭކަލުން ކަމުގަ. އަދި އެބޭކަލުން އެމީހުން ކައިރީ ބުނީ އީސާގެފާނު ވަނީ މަރުވެފަ ނޫން ކަމުގައި އެކަލޭގެފާނު ދިރި ހުންނެވި ކަމުގަ.


ނަމަވެސް މިމީހުން މިތަން ދެކެ ސިއްސައިގެންގޮސް އެއީ ކަށްޑޮތްވެއް ކަމުގައި ހީކޮށް ވަރަށް ބޮޑަށް ބިރު ގަތެވެ.


ދެން އެކަލޭގެފާނު އެމީހުންނަށް މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވި ބަޔާންވެގެންވާ ބަސްފުޅުތަކުގެ މާނަ ވިސްނި އެނގުމުގެ ކުޅަދާނަކަން ދެއްވިއެވެ.


މިތަން ދެކެ ގަތް ބިރުން މިއަންހެނުން އިސްޖެހި މަތި ބަލާލަން ވެސް ނުކެރިފައި ތިއްބެވެ. ނަމަވެސް މި ދެބޭކަލުން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މީހުން މަރުވީމައި ގެނެވޭތާކަށް ކަލޭމެން ދިރި ހުރި މީހަކު ހޯދަން ތިޔަ އައީ ކީއް ކުރަން!؟


އެންމެން ބުންޏެވެ. ”⁠ކަލޭ މޮޔަވީތަ؟⁠“ ނަމަވެސް މި ކުއްޖާ ކުރުނުކޮށް އެހެން ބުނަމުން ދިއުމުން އެމީހުން ބުންޏެވެ. ”⁠ތިޔަ ވާނީ އޭނާގެ މަލާއިކަތާ ކަމަށް.⁠“


އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ