Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 14:23 - ކިތާބުލް މުޤައްދަސާ

23 އެންމެހައި މީސްތަކުން އެތަނުން ދިއުމުން އެކަލޭގެފާނު ދުޢާކުރެއްވުމަށް ޓަކައި ފަރުބަދަ މައްޗަށް ވަޑައިގަތެވެ. އޭރު އިރުއޮއްސި އަނދިރިވެއްޖެއެވެ. އަދި އެތަނުގައި އީސާގެފާނު ހުންނެވީ އެކަންޏެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 14:23
11 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އީސާގެފާނު އަސްޙާބީންނާއި އެކުގައި ގަތުސެމާނެއޭ ކިޔުނު ތަނަށް ވަޑައިގަތެވެ. އެތަނުގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އަހަރެން މިތަނުގެ މައްޗަށް އަރާ ދުޢާ ކުރުމަށް ފަހު އެނބުރި އަންނަންދެން މިތަނުގައި އިށީނދޭ.⁠“


ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު، ކޮޓަރިއަށް ވަދެ ދޮރު ލައްޕައިގެން ތިބެ ވަންހަނާގައި ތިޔަބައިމީހުންގެ ބައްޕާފުޅަށް އެދި ދުޢާ ދަންނަވާ. ވަންހަނާގައި ތިޔަބައިމީހުން ކުރާ އަމަލުތައް ވެސް ބައްޕާފުޅު ދެނެވޮޑިގެންވޭ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އެކަމުގެ ޘަވާބު ދެއްވާނެ.


ޖެހިގެން އައި ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި އިރު އެރުމުގެ ކުރިން އީސާގެފާނު ތެދުވެ ވަޑައިގެން އެ ގެއިން ނުކުންނެވިއެވެ. އެ ކަލޭގެފާނު ވަޑައިގެންނެވީ އަވަށާއި ދުރުގައިވާ އެކަހެރި ހިސާބަކަށް ދުޢާ ކުރެއްވުމަށެވެ.


މީސްތަކުންނާ ވަދާޢު ކުރެއްވުމަށް ފަހު ދުޢާ ކުރެއްވުމަށްޓަކައި އެކަލޭގެފާނު ގިނިކަންޏާ ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ.


ޔަޙުޔާގެފާނު ޖަލަށް ލުމުގެ ކުރިން މީސްތަކުން ޔަޙުޔާގެފާނުގެ އަރިހަށް އައިސް ތައުބާގެ ހިނެވުމުން ހިނައިގަންނަމުން ދިޔައިރު އީސާގެފާނު ވެސް އެތަނަށް ވަޑައިގެން ހިނައިގަތެވެ. އަދި ހިނައިގަތުމަށް ފަހު އީސާގެފާނު ދުޢާފުޅު ކުރައްވަނިކޮށް އުޑު ހުޅުވިގެން ދިޔައެވެ.


މިހެން ކަންތައްތައް ހުރި ނަމަވެސް އީސާގެފާނު ވަރަށް ގިނަގިނައިން އެކަހެރި ތަންތަނަށް ވަޑައިގެން ދުޢާފުޅު ކުރެއްވުން މަތީ ވަގުތު ހޭދަކުރެއްވިއެވެ.


މި ދުވަސްތަކުން ދުވަހެއްގައި އީސާގެފާނު ފަރުބަދަތަކުގެ ތެރެއަށް މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުން މަތީ ރޭގަނޑު ހޭދަކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އެތައްބަޔަކު ވެސް އެތަނުގެ ވަކި ހިސާބަކަށް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ.


އެއްފަހަރަކު އީސާގެފާނު އެކަހެރި ތަނަކަށް ވަޑައިގެން ދުޢާކުރެއްވުމުގައި އިންނެވިއެވެ. އީސާގެފާނު އެކަލޭގެފާނާއި އެކުގައި ވީ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠މީސްމީހުން ބުނާ ގޮތުގައި އަހަރެންނަކީ ކާކު؟⁠“


މީގެ ގާތްގަނޑަކަށް އަށް ދުވަސް ފަހުން އީސާގެފާނު ޕަތަރަސްއާއި ޔާމިޒު އާއި ޔޫޙަންނާ ގޮވައިގެން ދުޢާ ކުރެއްވުމަށްޓަކައި އުސް ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގަތެވެ.


އޭރުން އަހަރެމެންނަށް ދުޢާކުރުމުގައާއި އަދި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގައިދިނުމުގައި ކުރިއަށް ދެވޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ