Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 14:21 - ކިތާބުލް މުޤައްދަސާ

21 އަންހެނުންނާއި ކުޑަކުދިން ނުގުނާ ގާތްގަނޑަކަށް ފަސްހާސް ފިރިހެނުން އެތަނުގައި ކެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 14:21
8 ပူးပေါင်းရင်းမြစ်များ  

ހުރިހާ އެންމެން ހިތްހަމަޖެހޭ މިންވަރަށް ކެއުމަށް ފަހު، ނުކެވި ބާކީ ހުރި ތަކެތިން ބާރަ ވަށިގަނޑުގެ ކާތަކެތި އެއްކުރިއެވެ.


ހަމަ އެހިނދު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތަށް ދިއުމަށް އަމުރުކުރެއްވި އެވެ. މީސްތަކުން ފޮނުވާލުމަށް ޓަކައި އެކަލޭގެފާނު އެތަނުގައި މަޑުކުރެއްވިއެވެ.


އެ ފަސް ބޯރޮއްޓާއި ދެ މަހުން އެކަލޭގެފާނު ފަސްހާސް ފިރިހެނުންނަށް ކާންދެއްވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އެންމެން ގާތު މިތާނ އިށީންނާށޭ ބުނޭ.⁠“ އެތާނގެ ބިންމަތީގައި ވިނަ ހެދި ފެތުރިފައި ވިއެވެ. ދެން ހުރިހާ އެންމެން އިށީނދެއްޖެވެ. އެޖަމާޢަތުގައި ވީ ހަމައެކަނި ފިރިހެނުންގެ އަދަދު ވެސް ފަސްހާސް ކަމުގައި ވިއެވެ.


އެމީހުންނަށް އެއްވެސް އެއްޗަކަށް ދައްޗެއް ނުވެއެވެ. އެއީ އެމީހުންގެ ތެރެއިން ބިމާއި ގޯތި ގެދޮރު ހުރި މީހުން އެމީހުންގެ ބިން ނުވަތަ ގެ ވިއްކާލާ ލިބުނު ހުރިހާ ފައިސާ ގެނެސް އީސާގެފާނުގެ މަންދޫބުންގެ އަތަށް ދެއެވެ. އަދި މަންދޫބުން އެމީހުންގެ ތެރެއިން ބޭނުމަކު ޖެހިފައިވާ މީހުންނަށް އެފައިސާ ބަހާލައެވެ.


ނަމަވެސް ޕަތަރަސްއާއި ޔޫޙަންނާ ދެއްކި މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއެހި އެތައް ބަޔަކު، އެބަސްފުޅުތައް ގަބޫލުކޮށް އީމާންވިއެވެ. އެހެން ކަމުން އީމާންވީ މީހުންގެ އަދަދު ގާތްގަނޑަކަށް ފަސްހާހަށް ވުރެވެސް މައްޗަށް އެރިއެވެ.


މާތްރަސްކަލާނގެއީ އަހަރެންގެ ކަލާނގެއެވެ. އެކަލާނގެ ނިމުމެއް ނުވާ ޚަޒާނާއިން އީސާ އަލްމަސީޙުގެ ސަބަބުން ތިޔަބައިމީހުން އެދޭމިންވަރަށް ދެއްވާނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ