20 ހުރިހާ އެންމެން ހިތްހަމަޖެހޭ މިންވަރަށް ކެއުމަށް ފަހު، ނުކެވި ބާކީ ހުރި ތަކެތިން ބާރަ ވަށިގަނޑުގެ ކާތަކެތި އެއްކުރިއެވެ.
”އަހަރެން އިސްރާއީލީން ކުރި ޝަކުވާގެ އަޑު އަހައިފިން. އެމީހުން ގާތު ބުނޭ، ’އިރުއޮއްސުމުން ކަލޭމެން ކާނެ މަސް ލިބޭނެޔޭ، އަދި ހެނދުނު ކަލޭމެން ކާނެ ކާއެއްޗެހި ލިބޭނެޔޭ. މިކަމުން ކަލޭމެންނަށް އެނގޭނެޔޭ ކަލޭމެންގެ ކަލާނގެއަކީ ތިމަންކަލާނގެކަން.‘“
އަދިވެސް މޫސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން އެކަލާނގެއާމެދު ކުރި ޝަކުވާތައް އެކަލާނގެ އައްސަވާ ވޮޑިގަންނަވާ. އިރުއޮއްސުމުން ކަލޭމެންނަށް މަސް ދެއްވާނެ. ހެނދުނު އެހެން ކާއެއްޗެއް ދެއްވާނެ. އާނ! ކަލޭމެންގެ ޝަކުވާ ރައްދުވަނީ މާތްރަސްކަލާނގެއަށް ކަން. އަހަރެމެންނަކަށް ނޫން ކަން ކަލޭމެންނަށް އެނގޭނެ.“
ހެޔޮގޮތުގައި އުޅޭމީހާއަށް ހިތްފުރެންދެން ކާން ލިބެއެވެ. ނުބައިމީހާ ހުންނާނީ ހާބަނޑަށެވެ.
އަންހެނުންނާއި ކުޑަކުދިން ނުގުނާ ގާތްގަނޑަކަށް ފަސްހާސް ފިރިހެނުން އެތަނުގައި ކެއެވެ.
އަސްޙާބީން އެކަލޭގެފާނުގެ އަރިހުން އެއްސެވިއެވެ. ”މިއެންމެންނަށް ކާންދޭނޭ ބޯރޮށި އަޅުގަނޑުމެން ހޯދާނީ ކޮންތާނކުންތޯ؟ އަޅުގަނޑުމެން މިތިބީ މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑެއްގައި.“
މާތްރަސްކަލާނގެ ބަރަކާތް ހުރީ ކެއުން ބުއިމަށް ހައިވެ ކަރުހިއްކާފައިވާ ފަދައިން މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް އަމަލު ކުރުމަށް އެދޭ މީހުންނަށް. އެހެނީ އެފަދަމީހުން އެދޭ އެދުންތައް ފުރިހަމަވެ ހާސިލުވެގެން ދާނެ.
މި ނިޢުމަތުގެ ސަބަބުން މާތްރަސްކަލާނގެ ހާލުގައިޖެހިފައިވާ މީހުންނަށް ނިޢުމަތް ލައްވާ އަދި މުއްސަނދިން ހުސް އަތާ ފޮނުވާލައްވާނެ.
މި އެންމެން ކާނެ ވަރަކަށް ކައި ނިމުމުން އަސްޙާބީން ނުކެވި ބާކީވެފައި ހުރި ތަކެތި ނަގާ ވަށިގަނޑުގަނޑަށް އެޅިއިރު އެކާތަކެތިން ބާރަ ވަށިގަނޑު ފުރޭ ހާ ކާތަކެތި އިތުރުވިއެވެ.
ފިލިޕު ދެންނެވިއެވެ. ”މި އެންމެންގެ ތެރެއިން ކޮންމެ މީހަކަށް އެންމެ ސުވާއެއް ވާ ވަރަށް ކާއެއްޗެހި ގަންނަހާ ލާރި ހޯދަން ވެސް މީހަކު އަށްމަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެ.“