Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 14:19 - ކިތާބުލް މުޤައްދަސާ

19 ދެން މީސްތަކުންނަށް ވިނަގަނޑު މަތީގައި އިށީނުމަށް އެކަލޭގެފާނު އެންގެވިއެވެ. އަދި ފަސް ބޯރޮއްޓާއި ދެ މަސް ނެންގެވުމަށް ފަހު، އުޑާއި ދިމާލަށް ބައްލަވައި މާތްރަސްކަލާނގެއަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު ބޯރޮށި ފަޅި ކުރައްވައި އެތަކެތި އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި އެތަނުގައި ތިބި މީސްތަކުންނަށް ބެއްސެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 14:19
24 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވިދާޅުވިއެވެ. ”⁠ބޯރޮއްޓާއި މަސް އަހަރެންގެ ކައިރިއަށް ގެނެސްދީ.⁠“


އެއަށް ފަހު، އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މީސްތަކުން ފެހިވިނަގަނޑުމަތީ އިށީނުމަށް އެންގުމަށް ވިދާޅުވިއެވެ.


އެއަށް ފަހު އެކަލޭގެފާނު ފަސް ބޯރޮއްޓާއި ދެ މަސް ނަންގަވާ އުޑާއި ދިމާއަށް ބައްލަވާލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު ފަސް ރޮށި އެތައް ބަޔަކަށް ފަޅި ކުރައްވައި އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ. އެ ދެ މަސް ވެސް ނަންގަވާ އެތައް ބަޔަކަށް ބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ.


އަދި އުޑާ ދިމާލަށް އީސާގެފާނު ބައްލަވާ ފުންނޭވާފުޅެއް ލެއްވުމަށް ފަހު އޭނާގެ ގާތުގައި ”⁠އެއްފަތާ!⁠“ އޭ ވިދާޅުވިއެވެ. މި ބަހުގެ މާނައަކީ ”⁠ހުޅުވޭށެވެ!⁠“


ދެން އީސާގެފާނު މޭބިސްކަދުރުދިޔަ ތައްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވާ އެތަށި އަސްޙާބީންނަށް ދެއްވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެން ކޮންމެ މީހަކު މިތަށިން ފޮދުވަރެއް ބޯލާ.


ދެން އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި އެބޯރޮށި ބައި ކޮށްލައްވައި އެމީހުންގެ މެދުގައި ބަހާ ލައްވަމުން ވިދާޅުވިއެވެ. ”⁠ތި ރޮށިކޮޅު ކާލާ. ތިޔައީ ކަލޭމެންނަށްޓަކައި ދެވިފައިވާ އަހަރެންގެ ހަށިގަނޑު. އަހަރެންގެ ހަނދާނުގައި މިގޮތުގެ މަތިން ކަން ކުރޭ.⁠“


އީސާގެފާނު އެމީހުންނާއި އެކު ކޭން ބައްލަވަން އިށީނދެ ވަޑައިގެން ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެބޯރޮށި ދެފަޅި ކޮށްލެއްވިއެވެ. އަދި އެބޯރޮށި ބައިބައި ކޮށްލައްވާ އެމީހުންނަށް ދެއްވަން ފެއްޓެވިއެވެ.


އެތާނގައި އަންހެނުންނާއި ކުޑަކުދިން ނުލާ ހަމައެކަނި ފިރިހެނުންގެ އަދަދު ވެސް ފަސްހާސް މީހުން ކަމުގައި ވިއެވެ. ނަމަވެސް އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠މިބައިމީހުން ބައިގަނޑަކަށް ފަންސާސް މީހުން ވާ ގޮތަށް ބަހާލައި އަދި އެންމެންނަށް އިށީނުމަށް އަންގާ.⁠“


ދެން އީސާގެފާނު އަސްޙާބީންގެ އަތުގައި ވީ ފަސް ބޯރޮއްޓާއި ދެމަސް ނަންގަވާ އުޑާއި ދިމާއަށް ބައްލަވާ މިކާތަކެތި ދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު އީސާގެފާނު އެ ފަސް ބޯރޮއްޓާއި ދެމަސް އެތައް ބަޔަކަށް ބައިކޮށް ލައްވައިފައި އެންމެންނަށް ބަހާލުމަށްޓަކައި އަސްޙާބީންނަށް ދެއްވިއެވެ.


ދެން އެމީހުން އެތަނުގައި ޖައްސާފައިވީ ހިލަ އެއްފަރާތަކަށް ފުރޮޅާލިއެވެ. އެވަގުތު އީސާގެފާނު މައްޗަށް ބައްލަވާފައި މިފަދައިން ވިދާޅުވިއެވެ. ”⁠ބައްޕާފުޅު އަޅުގަނަޑުގެ ދުޢާ އެއްސެވީތީ ހަމްދާ ޝުކުރު ކުރަން.


އެދުވަހު ތިބޭރިޔަސްއިން އައި ގިނަ އަދަދެއްގެ ދޯނިތަކެއް އީސާގެފާނު ބަރަކާތަށް އެދި ދުޢާކުރައްވައި މީސްތަކުންނަށް ކާންދެއްވި ތަނުގެ އައްސޭރީގެ ކައިރިފަށަށް ލެފިއެވެ.


ދެން ޕައުލް އެންމެންގެ ކުރިމަތީގައި ބޯރޮއްޓެއް ނަގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެއިން އެތިކޮޅެއް ކާލިއެވެ.


ތިޔަބައިމީހުން ކުރާކޮންމެ ކަމެއް މާތްސާހިބާ އީސާގެފާނުގެ ނަންފުޅު މަތީގައި ކުރާށެވެ. އެއީ އެކަލޭގެފާނު މެދުވެރިކޮށް ބައްޕާފުޅު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާށެވެ.


ތިބޭކަލުން އެ ރަށަށް ވަންނަވާ އިރު އެކަލޭގެފާނު މަޤާމުފުޅަށް އަރަން ދާތަން ފެންނާނެ. އެކަލޭގެފާނު ވަޑައިގެން އެ ޤުރުބާނީއަށް ބަރަކާތް ލެއްވުމަށް ދުޢާ ނުކުރައްވަނީހެއް މެހުމާނުންނެއް ނުކާނެ. އެކަލޭގެފާނާ އެތަނުން ތިބޭކަލުންނާ ބައްދަލު ވެދާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ