17 އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑުމެންގެ އަތުގައި އޮތީ ހަމައެކަނި ބޯރޮށީގެ ފަސް ރޮއްޓާއި ދެ މަސް.“
ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”އެމީހުން ދިއުމުގެ ބޭނުމެއް ނެތް. ތިޔަބައިމީހުން އެމީހުންނަށް ކޮންމެސް ކާ އެއްޗެއް ދީ!“
އީސާގެފާނު ވިދާޅުވިއެވެ. ”ބޯރޮއްޓާއި މަސް އަހަރެންގެ ކައިރިއަށް ގެނެސްދީ.“
ތިޔަބައިމީހުންނަށް އަދިވެސް އެނގިގެން ނުވޭތަ؟ ފަސް ބޯރޮށިން ފަސްހާސް މީހުންނަށް އަހަރެން ކާންދިން ގޮތް ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟ އަދި އެމީހުން ކައިނިމިގެން އެތަކެތިން އިތުރަށް ތިޔަބައިމީހުން ނެގީ ކިތައް ވަށިގަނޑު ކަން ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟
ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން މިބައިމީހުންނަށް ކާނޭ އެއްޗެއް ދީ.“ އެބައިމީހުން ބުންޏެވެ. ”އަޅުގަނޑުމެން އަތުގައި ވާހާ ވެސް އެއްޗަކީ ދެ މަހާއި ފަސް ބޯރޮށި. ވީއިރު އަޅުގަނޑުމެން މިއެންމެންނަށް ކާން ދޭން ވެއްޖިއްޔާ އެތައް ބައިވަރު ކާތަކެއްޗެއް ގަންނަން ޖެހޭނެ.“