Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 14:15 - ކިތާބުލް މުޤައްދަސާ

15 އިރު އޮއްސުމަކާއި ކައިރިވެފައި ވަނިކޮށް އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މިއީ މީހުން އުޅޭ ސަރަހައްދެއް ވެސް ނޫން. އަދި ވަރަށް ލަސްވެއްޖެ. މި މީސްތަކުން ފޮނުވާލައްވަން ވީނޫންތޯ؟ އޭރުން އެމީހުން ކައިރީގައިވާ އަވަށްތަކަށް ގޮސް ކާއެއްޗެއް ހޯދާފާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 14:15
7 ပူးပေါင်းရင်းမြစ်များ  

ޔަޙުޔާގެފާނާއިމެދު ކަންތައްތައް ހިނގައިދިޔަ ގޮތުގެ ޚަބަރުފުޅު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން ދޯންޏެއްގައި ފުރާ ވަޑައިގެން އެކަލޭގެފާނު ގިނިކަންޏާ އެކަހެރި ތަނަކަށް ވަޑައިގަތެވެ. ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު ވަޑައިގަންނަވާ ޚަބަރުފުޅު ލިބުމުން އެކިއެކި އަވަށްތަކުން ހިނގާފައި އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށް ޓަކައި އައެވެ.


އީސާގެފާނު އެއްގަމަށް ފައިބައިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އިންތިޒާރުގައި މީސްތަކުން ތިބިތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މިކަމާއި އެކަލޭގެފާނު ނުހަނު ހަމްދަރުދީވެ ވަޑައިގެން އެމީހުންގެ ބަލިތަކަށް ޝިފާދެއްވިއެވެ.


ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އެމީހުން ދިއުމުގެ ބޭނުމެއް ނެތް. ތިޔަބައިމީހުން އެމީހުންނަށް ކޮންމެސް ކާ އެއްޗެއް ދީ!⁠“


ނަމަވެސް އެ އަންހެނާއަށް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވާ ހަމަހިމޭނުން ހުންނެވިއެވެ. ވީމާ އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް އާދޭސް ދެންނެވިއެވެ. ”⁠އެ އަންހެނާއަށް މިތަނުން ދިއުމަށް ވިދާޅުވޭ. އެ އަންހެނާ އެއަންނަނީ އަޅުގަނޑުމެންގެ ފަސްފަހަތުން ނުނެއްޓި ހަޅޭއްލަވަމުން.⁠“


މީގެ ތެރެއިން ބައެއް މީހުންނީ މި ހިސާބާއި ވަރަށް ދުރުގައި ދިރިއުޅޭ ބައެއް. އެބައިމީހުން ބަނޑުހައި ވެގެންވާ ޙާލުގައި އަހަރެން އެމީހުން ފޮނުވާލައިފިނަމަ އެބައިމީހުންގެ ދަތުރުމަތީގައި ހޭނެތިގެން ވެއްޓިދާނެ.⁠“


ހަވީރުގެ ވަގުތުގައި އީސާގެފާނުގެ ބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މިއީ މީހުން އުޅޭ ސަރަހައްދެއް ވެސް ނޫން. މިބައިމީހުން އެހެން ތަނަކަށް ފޮނުވާލައްވަން ވީނޫންތޯ؟ އޭރުން މިސަރަހައްދުގެ ކޮންމެވެސް އަވަށަކަށް ނޫނީ ގޮވާން ހައްދާ ދަނޑަކަށް ގޮސް އެމީހުންނަށް ކާނޭ ތަކެތި ގަނެ ނިދާނޭ ތަނެއް ހޯދޭނެ ނޫން ތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ