މައްތާ 14:12 - ކިތާބުލް މުޤައްދަސާ12 ދެން ޔަޙުޔާގެފާނުގެ އަސްޙާބީން ގޮސް އެކަލޭގެފާނުގެ ހަށިކޮޅު ގެންގޮސް ފަސްދާނު ލެއްވިއެވެ. އަދި އެބައިމީހުން އީސާގެފާނުގެ އަރިހަށް ގޮސް އެ ކަމުގެ ޚަބަރު ދިނެވެ. အခန်းကိုကြည့်ပါ။ |
ޔަޙުޔާގެފާނާއިމެދު ކަންތައްތައް ހިނގައިދިޔަ ގޮތުގެ ޚަބަރުފުޅު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން ދޯންޏެއްގައި ފުރާ ވަޑައިގެން އެކަލޭގެފާނު ގިނިކަންޏާ އެކަހެރި ތަނަކަށް ވަޑައިގަތެވެ. ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު ވަޑައިގަންނަވާ ޚަބަރުފުޅު ލިބުމުން އެކިއެކި އަވަށްތަކުން ހިނގާފައި އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށް ޓަކައި އައެވެ.