މައްތާ 13:8 - ކިތާބުލް މުޤައްދަސާ8 އެހެނަސް އެ އޮށްތަކުގެ ތެރެއިން ބައެއް އޮށް ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު. އަދި މި އޮށްތަކުން ގަސްފަޅައި އެގަސްތަކުން ގޮވާން ލިބުނު. މި ގަސްތަކުން ތިރީސް ނޫނީ ފަސްދޮޅަސް ނޫނީ ސަތޭކަ ގުނަ އިތުރަށް ރަނގަޅު އޮށްތައް ލިބުނު. အခန်းကိုကြည့်ပါ။ |
ގޮވާން ހެއްދުމަށް ރަނގަޅު ފަސްގަނޑުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި އެ ބަސްފުޅު ފުރިހަމައަށް އެނގިހުރި މީހުންގެ މިސާލު. އެމީހުންނީ އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އެގޮތުގައި ދެމިތިބި މީހުން. އެފަދަ މީހުންނަކީ ގޮވާން ލިބިދެނޭ މީހުން. ބައެއްފަހަރު ސަތޭކަގުނަ އިތުރަށް ލިބިދޭނެ. އަނެއްބައި ފަހަރު ފަސްދޮޅަސް ގުނަ އިތުރަށް ލިބި އަދި ބައެއްފަހަރު ތިރީސްގުނަ އިތުރަށް ލިބިދޭނެ.“
އެހެނަސް އަނެއްބައި މީހުންނަކީ ބިމުގައިވާ ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު އޮށްތައް ފަދަ ބައެއް. އެބައިމީހުން މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި ބަލައިގަންނަ، މާތްރަސްކަލާނގެ ބަސްފުޅާމެދު ސާބިތުވެ ތިބި ރަނގަޅު ގޮވާން ލިބޭ ފަދަ ބައެއް. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.“
ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.“