58 އެބައިމީހުންގެ ކިބައިގައި އީމާންތެރިކަން ނެތުމުގެ ސަބަބުން އީސާގެފާނު އެރަށުގައި ދެއްކެވީ ވަރަށް މަދު މުޢުޖިޒާތަކެވެ.
އެމީހުން މިކަމާ ދެކޮޅުވެ ނުރުހުން ވެގެން އުޅެން ފެށުމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ނަބީއަކަށް އޭނާގެ އަމިއްލަ ރަށާއި އާއިލާ ފިޔަވައި އެހެން ހުރިހާތަނަކުން ޢިއްޒަތާ ޤަދަރު ލިބޭނެ.“
އެދުވަސްވަރު ގަލީލީގެ ވެރިޔާ ހެރޮދުއަށް އީސާގެފާނުގެ މަޝްހޫރުކަމާއި ބެހޭ ގޮތުން ޚަބަރު ލިބުނެވެ.