މައްތާ 13:57 - ކިތާބުލް މުޤައްދަސާ57 އެމީހުން މިކަމާ ދެކޮޅުވެ ނުރުހުން ވެގެން އުޅެން ފެށުމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ނަބީއަކަށް އޭނާގެ އަމިއްލަ ރަށާއި އާއިލާ ފިޔަވައި އެހެން ހުރިހާތަނަކުން ޢިއްޒަތާ ޤަދަރު ލިބޭނެ.“ အခန်းကိုကြည့်ပါ။ |
މީސްތަކުންގެ މެދުގައި އީސާގެފާނުގެ މަޝްހޫރުކަން ހުރިހާ ސަރަހައްދެއްގައި ފެތުރިގެން ދިޔައެވެ. އަދި ހެރޮދު ރަސްގެފާނަށް މި ޚަބަރު ލިބުނެވެ. އީސާގެފާނާއިމެދު އެއްބަޔަކު ބުނަމުން ދިޔައީ މިފަދައިންނެވެ. ”އެއީ ޔަޙުޔާގެފާނެއް ނޫންތަ؟ އެކަލޭގެފާނު އަލުން ދިރިވަޑައިގެންނެވީ ނޫންތަ؟ އެހެންވެއެއް ނޫންތަ އެކަލޭގެފާނަށް މުޢުޖިޒާތްތަކެއް ދެއްކުމުގެ ކުޅަދާނަކަން ލިބިފައި ވަނީ؟“