Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 13:55 - ކިތާބުލް މުޤައްދަސާ

55 އޭނާއަކީ އެ ވަޑާންކުރާ މީހާގެ ދަރިއެއް ނޫންތަ؟ އޭނާގެ މަންމާއަކީ މަރިޔަމް. އަދި އޭނާގެ ކޮއްކޮމެންނަކީ ޔާމިޒު އާއި ޔޫސުފާއާއި ސިމްޢާން އަދި ޔަހޫޛާއެއް ނޫންތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 13:55
23 ပူးပေါင်းရင်းမြစ်များ  

އޭގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި، ޔާމިޒު އާއި ޔޫސުފުގެ މަންމަ މަރިޔަމް އާއި، އަދި ޔޫޙަންނާ އާއި ޔާމިޒުގެ މަންމަވެސް ހިމެނެއެވެ.


އެތަނުގައި ތިބި އަންހެނުންތައް ދުރުދުރުން މި ހިނގާދިޔަ ކަންތައްތައް ބަލަމުން ގެންދިޔައެވެ. އެބައިމީހުންގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި މަރިޔަމް އާއި ސަލްމާ ވިއެވެ. (މި މަރިޔަމަކީ ހަގު ޔާމިޒު އާއި ޔޯސަސްގެ މަންމައެވެ.)


އީސާގެފާނުގެ ހަށިކޮޅު ވެޑުވިތަން މަރިޔަމް މަގްދަލޭނާ އާއި ޔޯސަސްގެ މަންމަ މަރިޔަމް ބަލަމުން ގެންދިޔައެވެ.


މިއީ މަރިޔަމްގެ ދަރި އެ ވަޑާންކުރާ މީހާއެއް ނޫންތަ؟ އަދި މިއީ ޔާމިޒާ، ޔޫސުފާ، ޔަހޫޛާ އާ ސިމްޢާންގެ ބޭބެއެއް ނޫންތަ؟ މީނާގެ އަންހެން ކޮއްކޮމެން ދިރިއުޅެނީ މިރަށުގައެއް ނޫންތަ؟⁠“ އަދި އެމީހުން އެކަލޭގެފާނާމެދު ހިތްހަމަ ނުޖެހި އެކަހެރި ކޮށްލެއްވިއެވެ.


މި މަލާއިކަތާ ވަޑައިގެންނެވީ އެރަށުގެ ޒުވާން ބިކުރުވެރި އަންހެން ކުއްޖަކު ކަމުގައި ވީ މަރިޔަމްގެފާނުގެ އަރިހަށެވެ. އޭރު މަރިޔަމްގެފާނު ވަނީ ޔޫސުފު އޭ ނަމަކަށް ކިޔުނު މީހަކާއި ކައިވެނިކުރުމަށް ހަމަޖެހިފައެވެ. މިޔޫސުފަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހެކެވެ.


މިއަންހެނުންނަކީ މަރިޔަމް މަގްދަލޭނާ އާއި ޔޮއަންނާ އާއި އަސްޙާބީއެއް ކަމުގައިވާ ޔާމިޒުގެ މަންމަ މަރިޔަމްއާއި އެމީހުންނާއި އެކީގައި ދިޔަ އެހެން އަންހެނުންނެވެ. މިކަންތައްތަކުގެ ވާހަކަ އީސާގެފާނުގެ މަންދޫބުންނަށް ކިޔައިދިނީ މިމީހުންނެވެ.


އީސާގެފާނު މާތްރަސްކަލާނގެ އާއި މެދު މީސްތަކުންނަށް އަންގަވާ ދެއްވާ އުގަންނާ ދެއްވަން ފެއްޓެވި އިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް ތިރީސް އަހަރުފުޅެވެ. މީސްތަކުން ހީކުރި ގޮތުގައި އީސާގެފާނަކީ ޔޫސުފުގެ ދަރިއެކެވެ. މި ޔޫސުފުގެ ދަރިކޮޅު ފެށުނު ގޮތަކީ މިއެވެ: މާތްރަސްކަލާނގެ އާދަމްގެފާނު އެކަލާނގެ ސިފަފުޅުގައި ހެއްދެވިއެވެ. އެއަށް ފަހު އާދަމްގެފާނުގެ ފުތް ޝޭތު، ޝޭތުގެ ފުތް އެނޯޝް، އެނޯޝްގެ ފުތް ކެނާން، ކެނާންގެ ފުތް މަހަލަލޭލް، މަހަލަލޭލްގެ ފުތް ޔެރޭދު، ޔެރޭދުގެ ފުތް އިދުރީސްގެފާނު، އިދުރީސްގެފާނުގެ ފުތް މެތޫޝާލަޙު، މެތޫޝާލަޙުގެ ފުތް ލަމެޚް، ލަމެޚުގެ ފުތް ނޫޙުގެފާނު، ނޫޙުގެފާނުގެ ފުތް ޝާމު، ޝާމުގެ ފުތް އަރުޕަކްޝާދު، އަރުޕަކްޝާދުގެ ފުތް ކައިނާމު، ކައިނާމުގެ ފުތް ޝާލަޙު، ޝާލަޙުގެ ފުތް ޣަބީރު، ޣަބީރުގެ ފުތް ޕެލޭގު، ޕެލޭގުގެ ފުތް ރަޢޫ، ރަޢޫގެ ފުތް ސަރޫގު، ސަރޫގުގެ ފުތް ނަހޫރު، ނަހޫރުގެ ފުތް ތަރާޙު، ތަރާޙުގެ ފުތް އިބްރާހީމްގެފާނު، އިބްރާހީމްގެފާނުގެ ފުތް އިސްޙާޤުގެފާނު، އިސްޙާޤުގެފާނުގެ ފުތް ޔަޢުޤޫބުގެފާނު، ޔަޢުޤޫބުގެފާނުގެ ފުތް ޔަހޫޛާ، ޔަހޫޛާގެ ފުތް ފާރަޞް، ފާރަޞްގެ ފުތް ހެޒުރޯން، ހެޒުރޯންގެ ފުތް އަރުނީ، އަރުނީގެ ފުތް އަދުމީން، އަދުމީނުގެ ފުތް ޢައްމީނާދާބު، ޢައްމީނާދާބުގެ ފުތް ނަޙްޝޫނު، ނަޙްޝޫނުގެ ފުތް ސަލްމާން، ސަލްމާނުގެ ފުތް ބޫޢަޒު، ބޫޢަޒުގެ ފުތް ޢޫބީދު، ޢޫބީދުގެ ފުތް ޔައްސާ، ޔައްސާގެ ފުތް ދާއޫދުގެފާނު، ދާއޫދުގެފާނުގެ ފުތް ނަތާނު، ނަތާނުގެ ފުތް މައްތާތަ، މައްތާތަގެ ފުތް މިންނާހު، މިންނާހުގެ ފުތް މެލިޔާހު، މެލިޔާހުގެ ފުތް އެލިޔަކީމް، އެލިޔަކީމުގެ ފުތް ޖޯނަމް، ޖޯނަމުގެ ފުތް ޔޫސުފު، ޔޫސުފުގެ ފުތް ޔަހޫޛާ، ޔަހޫޛާގެ ފުތް ސިމިޔާނު، ސިމިޔާނުގެ ފުތް ލާވީ، ލާވީގެ ފުތް މައްތާތު، މައްތާތުގެ ފުތް ޖޮރީމް، ޖޮރީމުގެ ފުތް އެލިޔާސިރު، އެލިޔާސިރުގެ ފުތް ޖަހޫޝް، ޖަހޫޝުގެ ފުތް އަޔީރް، އަޔީރުގެ ފުތް އެލްމޮދާމު، އެލްމޮދާމުގެ ފުތް ކުޝާމު، ކުޝާމުގެ ފުތް އައްދީ، އައްދީގެ ފުތް މާލިކު، މާލިކުގެ ފުތް ނެރީހު، ނެރީހުގެ ފުތް ޝައަލްތިއީލް، ޝައަލްތިއީލުގެ ފުތް ޒަރުބާބިލު، ޒަރުބާބިލުގެ ފުތް ރިޒާ، ރިޒާގެ ފުތް ޔުހަންނާން، ޔުހަންނާނުގެ ފުތް ޔޮދާހު، ޔޮދާހުގެ ފުތް ޔޮސޭހު، ޔޮސޭހުގެ ފުތް ޝިމާނު، ޝިމާނުގެ ފުތް މައްތަތިޔާހު، މައްތަތިޔާހުގެ ފުތް މާތުހު، މާތުހުގެ ފުތް ނައްގާހު، ނައްގާހުގެ ފުތް އަސުލިޔާހު، އަސުލިޔާހުގެ ފުތް ނަހޫމު، ނަހޫމުގެ ފުތް އާމޮސް، އާމޮސުގެ ފުތް މައްތަތިޔާހު، މައްތަތިޔާހުގެ ފުތް ޔޫސުފު، ޔޫސުފުގެ ފުތް ޖަންނައި، ޖަންނައިގެ ފުތް މާލިކު، މާލިކުގެ ފުތް ލާވީ، ލާވީގެ ފުތް މައްތާތު، މައްތާތުގެ ފުތް ހެލާއި، ހެލާއިގެ ފުތް ޔޫސުފުއެވެ. އަދި މީހުން ހީކުރި ގޮތުގައި މި ޔޫސުފަކީ އީސާގެފާނުގެ ބައްޕާފުޅެވެ.


އެކަލޭގެފާނު ވިދާޅުވި މަތިވެރި މިބަސްފުޅުތަކުގެ ސަބަބުން އެމީހުން ހައިރާންވިއެވެ. ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ޔޫސުފުގެ ދަރިފުޅެއް ނޫން ތަ؟ އެފަދަ މަތިވެރި ބޭކަލަކަށް ވުމުގެ ދަޢުވާ ކުރުމުގެ ޙައްޤު އޭނާއަށް ދިނީ ކާކު؟⁠“


އެތަނަށް އެއްވެފައިވާ މީސްތަކުންގެ ތެރެއިން ވަރަށް ފަހަތުގައި ވީ މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ މަންމާފުޅާއި ހުރިހާ ކޮއްކޯފުޅުން ކަލޭގެފާނާއި ބައްދަލު ކުރުމަށްޓަކައި ވަޑައިގެން އެބަ ތިއްބެވި.⁠“


އީސާގެފާނުގެ ސަލީބުގެ ކައިރީގައި އެކަލޭގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި، އީސާގެފާނުގެ ބޮޑު ދައިތައާއި، ކޮލޮޕާހުގެ އަންހެނުން މަރިޔަމް އާއި، މަރިޔަމް މަގްދަލޭނާ ތިއްބެވެ.


އެމީހުން ބުންޏެވެ. ”⁠އެހެން ވާނީ ކިހިނެއް؟ މިއީ ޔޫސުފުގެ ދަރި އީސާ. އޭނާގެ މަންމައާއި ބައްޕަވެސް އަހަރެމެން ދަންނަން. ވީއިރު ’⁠ތިމަންނަ މިއީ ސުވަރުގެއިން އައި މީހެކޭ⁠‘ އޭނާއަށް ބުނެވޭނީ ކިހިނެއް؟⁠“


މޫސާގެފާނަށް މާތްރަސްކަލާނގެ ކަންތައްތައް އަންގަވައި ބަސްފުޅުތައް ވަޙީ ކުރެއްވިކަން އަހަރެމެންނަށް އެނގޭ. އެކަމަކު މި ކަލޭގެ މިއީ ކޮންތާނކުން އައި ކާކު ކަމެއް ވެސް އަހަރެމެންނަކަށް ނޭނގެ.⁠“


ދެން އިތުރުން އަހަރެން ބައްދަލުކުރި މަންދޫބަކީ އަޅުގަނޑުމެންގެ މާތްސާހިބާ އީސާގެފާނުގެ ކޮއްކޯފުޅު ޔާމިޒުއެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި ޔާމިޒުގެ ކޮއްކޮ ޔަހޫޛާ ލިޔެ ފޮނުވާ ސިޓީއެކެވެ. މި ސިޓީ އަހަރެން މި ލިޔަނީ މާތްރަސްކަލާނގެ، ބައްޕާފުޅު ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރެއިން އެކަލާނގެ އެބަޔަކާ މެދު ލޯބިފުޅުވެވޮޑިގެން އީސާ އަލްމަސީޙުގެ ރައްކާތެރިކަމުގެ ދަށުގައި ބައިތިއްބަވާފައިވާ ހުރިހާ އެންމެންނަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ