މައްތާ 13:51 - ކިތާބުލް މުޤައްދަސާ51 އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް މިހުރިހާ ކަމެއް އެނގިއްޖެތަ؟“ އެބައިމީހުން ޖަވާބު ދެއްވިއެވެ. ”އާދެ. އަޅުގަނޑުމެންނަށް އެނގިއްޖެ.“ အခန်းကိုကြည့်ပါ။ |
އިތުރަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ވީމާ މާތްރަސްކަލާނގެ ރަސްކަންފުޅުގައިވާ މި ތަކެއްޗަށް އީމާންވާ ދީނުގެ ކޮންމެ ދަންނަބޭކަލަކު ވާންޖެހޭނީ ގަދީމީ އަދި އާ ޚަޒާނާތައް ގުދަން ކޮށްފައިވާ ޢިމާރާތެއްގެ ވެރިފަރާތެއް ފަދައިން. އަދި ގަދީމީ ޚަޒާނާތަކާއި އަދި އާ ޚަޒާނާތައް މީސްތަކުންގެ ކުރިމައްޗަށް ނެރެ ދެއްކޭފަދަ މީހެއް ކަމުގައި.“
މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.