50 އަދި ނުބައި މީސްތަކުން އެއްކޮށް އެމީހުން ރޯކޮށްފައިވާ ބޮޑު އުނދުނެއްގެ ތެރެއަށް އެއްލައިލެވޭނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.“
އެމަލާއިކަތުން އެމީހުން އަލިފާން އުނދުނަށް ލާނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.
އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް މިހުރިހާ ކަމެއް އެނގިއްޖެތަ؟“ އެބައިމީހުން ޖަވާބު ދެއްވިއެވެ. ”އާދެ. އަޅުގަނޑުމެންނަށް އެނގިއްޖެ.“
އެކަމަކު މާތްރަސްކަލާނގެ ރަސްކަންފުޅު ތައްޔާރު ކުރެވިގެން ވަނީ ގިނަ ބަނީއިސްރާއީލުންނަށް ކަމުގައި ވިޔަސް، އެ ރަސްކަންފުޅުން އެބައިމީހުން ބޭރުކުރެވި، އަދި އެތަނެއްގައި މީސްތަކުން ލިބޭ ވޭނުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާ ފަދަ އަނދިރި ކަމުގެ ތެރެއަށް އެބައިމީހުން އެއްލައިލެވޭނެ.“