49 ދުނިޔެ ނިމޭހިނދު ކަންތައްތައް ހިނގައިދާނީ އެފަދައިން. މަލާއިކަތުން ވަޑައިގަންނަވާނެ. އަދި މީސްތަކުންގެ ތެރެއިން ނުބައިމީހުންނާއި ސާލިޙު މީހުން ވަކިކުރައްވާނެ.
އަދި ދަނޑުގައި ނުބައި އޮށްތައް އިންދި ޢަދުއްވަކީ ޝައިތާނާ. ގޮވާން ކަނޑާނީ އާޚިރަތް ދުވަހުން. އަދި ގޮވާން ކަނޑައިދޭ ފަރާތްތަކަކީ މަލާއިކަތުން.
ވިނަގަސްތައް އެއްތަންކުރެވި އަދި އަންދައިލެވޭނެ. އެއީ ދުނިޔެ ނިމޭހިނދުގައި ކަންތައް ހިނގައިދާނޭ ގޮތް.
މުޅި ދާ މަސްތަކުން ފުރިފައިވުމުން އެ މަސްވެރިން ދާ ދަމާފައި ގޮނޑު ދޮށުގެ އައްސޭރިފަށަށް ދާ ގެނައި. އަދި އެތަނުގައި އިށީނދެ ތިބެ ރަނގަޅު މަސްތައް ވަށިގަނޑަށް އަޅަމުން ގެންދިޔަ. އަދި ބޭކާރު މަސްތައް އުކަމުން ގެންދިޔަ.
އަދި އެކަލޭގެފާނުގެ މަލާއިކަތުން ތާޅަފިލި ފުމޭ ގަދަ އަޑެއް ފަދައިން ދުނިޔޭގެ ހަތަރުބިތަށް ފޮނުއްވާނެ. އަދި ދުނިޔޭގެ ހަތަރުބިތުންނާއި އުޑުގެ އެއްކޮޅުން އަނެއްކޮޅާހަމައަށް ވާ އެކަލޭގެފާނު ހޮއްވަވާފައިވާ މީހުން އެއްތަން ކުރައްވާނެ.“