Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 13:46 - ކިތާބުލް މުޤައްދަސާ

46 އަދި ލިބުން ދަތި އެހާމެ ރަނގަޅު ރަންމުތެއް އޭނާއަށް ފެނުނު. އޭނާގެ އަތުގައިވާ ހުރިހާ ތަކެއްޗެއް ވިއްކާލާ އޭނާ އެ ރަންމުތް ގަތް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 13:46
15 ပူးပေါင်းရင်းမြစ်များ  

ވިސްނުންތެރިކަން ރިހިފައިސާ ފަދައިން ހޯދާށެވެ. އަގުބޮޑު ޚަޒާނާއެއް ފަދައިން ކޮޅައި ހޮވާށެވެ.


މާތްރަސްކަލާނގެ ރަސްކަންފުޅަކީ ދަނޑެއްގައި ފޮރުވިފައިވާ ޚަޒާނާއެއް ފަދަ އެއްޗެއް. އެޚަޒާނާ މީހަކަށް ފެނުމާއެކު އޭނާ އެޚަޒާނާ ފޮރުވާފައި ގޮސް ވީއުފަލުން އޭނާގެ ހުރިހާ މުދަލެއް ވިއްކާލާފައި އެ ދަނޑު ގަތް.


ހަމައެހެންމެ މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ ރަންމުތްތަކެއް ހޯދަމުން ދިޔަ ވިޔަފާރިވެރިއެއް ފަދައިން.


”⁠މާތްރަސްކަލާނގެ ރަސްކަންފުޅަކީ މަސްހިފަން އުކާ ބޮޑު ދަލެއް ފަދަ އެއްޗެއް. އެދާ ކަނޑަށް އެއްލާލުމުން އެންމެހާ މަސްމަހާމެހީގެ ބާވަތްތައް އެ ދަލުގައި ޖެހުނު.


އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.


އަހަރެން އެފަދަ ދެއްކުންތެރި ކަމެއް ކުރުމަކަށް ދުވަހަކު ވެސް މާތްރަސްކަލާނގެ ނުހިންމަވާށިއެވެ. އެއީ އަހަރެން ބަލައިގަންނަހާ ވެސް ކަމަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ސަލީބުގައި ވެވަޑައިގެންނެވި އަވަހާރަ ވުމެވެ. އެ އަވަހާރަ ވުމުގެ ސަބަބުން މިދުނިޔޭގެ މައްޗަށް އަހަރެންގެ ކިބައިގައި އޮތްހާ އެދުމެއް މަރުވެ ނެތިވެ ހިނގައްޖެއެވެ. އަދި މިދުނިޔެ އަހަރެންގެ ކިބައަކުން ވެސް އެދޭ އެދުމެއް ނުވެއެވެ.


މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.


އެކަލޭގެފާނީ މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ހުރިހާ ހިކުމަތާއި އިލްމު ހިމެނޭ ޚަޒާނާތަކުގެ ތަޅުނދަނޑި ވެސް މެއެވެ.


އެއްވެސް މީހަކު އެބައިމީހުންގެ އަތުން ރަނާއި، ރިއްސާއި، އަގުބޮޑު ޖަވާހިރާ، މުތާއި، ލިނެން ފޮތީގެ ފޭރާމާއި، ދަނބުކުލައިގެ ފޮއްޗާއި، ފަށުއި ފޮއްޗާއި، ރަތްކުލައިގެ ފޭރާން ފޮއްޗާއި، ލިބުން ދަތި ލަކުޑިއާއި، އެތުދަތާއި، އަދި އަގުބޮޑު ލަކުޑިއާއި، ކަފުލޮޔާއި، ދަގަނޑާއި އަދި ސަންގުމަރުމަރު ހިލައިގެ ތަފާތު ހިލަތަކާއި އަދި މިދެންނެވި އެއްވެސް އެއްޗަކުން ހަދާފައިވާ އެއްވެސް އެއްޗެއް ނުގަންނާތީއެވެ.


ބާރަ ދޮރުގެ ތެރެއިން ކޮންމެ ދޮރެއް ހަދާފައި ވަނީ މުތަކުންނެވެ. ސަހަރުގެ މަގުތައް ހަދާފައި ވަނީ ސާފު ބިއްލޫރި ފަދައިން ސާފުކޮށްފައިވާ ޚާލިސް ރަނުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ