Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 13:44 - ކިތާބުލް މުޤައްދަސާ

44 މާތްރަސްކަލާނގެ ރަސްކަންފުޅަކީ ދަނޑެއްގައި ފޮރުވިފައިވާ ޚަޒާނާއެއް ފަދަ އެއްޗެއް. އެޚަޒާނާ މީހަކަށް ފެނުމާއެކު އޭނާ އެޚަޒާނާ ފޮރުވާފައި ގޮސް ވީއުފަލުން އޭނާގެ ހުރިހާ މުދަލެއް ވިއްކާލާފައި އެ ދަނޑު ގަތް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 13:44
29 ပူးပေါင်းရင်းမြစ်များ  

ޙިކުމަތްތެރިކަން ރަނަށް ވުރެން މޮޅެވެ. ބުއްދިވެރި ނިންމުން ރިއްސަށް ވުރެން މޮޅެވެ.


ދަސްކުރަން ބޭނުން ނުވާ މޮޔައަކަށް ދަރުސް ދިނުމަށް ފައިސާތަކެއް ހޭދަކުރުމަކީ މާނައެއް ނެތް ކަމެކެވެ.


ގުޅުންކުޑަ މީހާ ބަލާނީ އަމިއްލަ ފައިދާއަށެވެ. އެމީހުން ހެޔޮ ނަސޭހަތަށް ޖެއްސުން ކުރާނެއެވެ.


ތެދު ޙަޤީޤަތް ހޯދާށެވެ. އެ ވިއްކާ ނުލާށެވެ. ބުއްދިއާއި ތަރުބިއްޔަތާއި ލިބިގަނެ ހެޔޮނުބައި ދަސްކޮށް ތިމާގެ ކިބައިގައި އެކަންތައް ހަރުލައްވާށެވެ.


އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް އެހެން މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. އެއީ މީހަކު އޭނާގެ ދަނޑުގައި ރަނގަޅު އޮށްތަކެއް އިންދުންފަދަ ކަމެއް.


އަދި ލިބުން ދަތި އެހާމެ ރަނގަޅު ރަންމުތެއް އޭނާއަށް ފެނުނު. އޭނާގެ އަތުގައިވާ ހުރިހާ ތަކެއްޗެއް ވިއްކާލާ އޭނާ އެ ރަންމުތް ގަތް.⁠“


”⁠މާތްރަސްކަލާނގެ ރަސްކަންފުޅަކީ މަސްހިފަން އުކާ ބޮޑު ދަލެއް ފަދަ އެއްޗެއް. އެދާ ކަނޑަށް އެއްލާލުމުން އެންމެހާ މަސްމަހާމެހީގެ ބާވަތްތައް އެ ދަލުގައި ޖެހުނު.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިބާ ފުރިހަމަ މީހަކަށް ވާން އެދޭނަމަ ގޮސް ތިބާގެ މިލްކުގައިވާ އެންމެހާ ތަކެތި ވިއްކާލާ. އަދި އެފައިސާ ފަގީރުންނަށް ހޭދަކުރޭ. މިފަދައިން ތިބާ އަމަލުކޮށްފިނަމަ، ތިބާއަށް ސުވަރުގޭގައި ޚަޒާނާއެއްވާނެ. އެއަށް ފަހު އަހަރެންނާއި އެކުގައި އާދޭ.⁠“


ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠ނިކަން ބައްލަވާ. އަޅުގަނޑުމެން ކަލޭގެފާނާއި އެކުގައި ވުމަށް ޓަކައި އަޅުގަނޑުމެންގެ އަތުގައި ވާނަމަ ވީހައި ތަކެއްޗެއް ދޫކޮށްލީން. ވީމާ އަޅުގަނޑުމެންނަށް ލިބެން އޮތީ ކޮން އެއްޗެއްތޯ؟⁠“


ހަމައެހެންމެ ތިޔަބައިމީހުންގެ ތެރެއިން އަހަންނަށްޓަކައި އެއްވެސް މީހަކު އަމިއްލަ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ ބައްޕަ ނުވަތަ މަންމަ ނުވަތަ ދަރިން ނުވަތަ ދަނޑުފަނގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ، އެމީހަކު ދޫކޮށްދިޔަ ތަކެއްޗަށް ވުރެން ސަތޭކަ ގުނަ އިތުރަށް ލިބިދެއްވާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތެއް ވެސް ލިބިދޭނެ.


ތިޔަބައިމީހުންގެ ހިތް ވާނީ ތިޔަބައިމީހުންގެ ޚަޒާނާ ހުންނަ ތަނެއްގާ.


ވީމާ ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންގެ އަސްޙާބީއަކަށް ވުމުގެ ކުރިން އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ. އެކަމުގެ އަގަކީ ކަލޭމެންގެ ހުރިހާ އެއްޗެއް. މިފަދައިން ކަން ނުކުރާ މީހަކަށް އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ދިރުންދޭ ކާނާއަކީ އަހަރެން. އަހަރެންގެ ގާތަށް އަތުވެއްޖެ އެއްވެސް މީހަކު ބަނޑުހައެއް ނުވާނެ. އަދި އަހަރެން ގަބޫލުކޮށް އީމާންވި މީހަކު ދުވަހަކު ވެސް ފެންބޮވައެއް ނުގަންނާނެ.


އެކަލޭގެފާނީ މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ހުރިހާ ހިކުމަތާއި އިލްމު ހިމެނޭ ޚަޒާނާތަކުގެ ތަޅުނދަނޑި ވެސް މެއެވެ.


އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ