Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 13:37 - ކިތާބުލް މުޤައްދަސާ

37 އީސާގެފާނު ވިދާޅުވިއެވެ. ”⁠ދަނޑުގައި ރަނގަޅު އޮށްތައް އިންދި މީހާ ބަޔާންކޮށްދެނީ އަހަރެންނަކީ އިންސާނާގެ ދަރިކަލުންކަމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 13:37
16 ပူးပေါင်းရင်းမြစ်များ  

”⁠ތިޔަބައިމީހުން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ. އަދިހަމައެހެންމެ، އަހަރެން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ.


އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް އެހެން މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. އެއީ މީހަކު އޭނާގެ ދަނޑުގައި ރަނގަޅު އޮށްތަކެއް އިންދުންފަދަ ކަމެއް.


މިތަންފެނި، ދަނޑުވެރިޔާގެ ޚާދިމުންގެ ތެރެއިން ބަޔަކު ދަނޑުވެރިޔާގެ ކައިރިއަށް ގޮސް ބުނި. ’⁠ސާހިބާ ރަނގަޅު އޮށްތައް އިންދި ބިމުގައި ވިނަގަސް ފަޅާ ފުރިފައި ވަނީ ކީއްވެގެންތޯ؟⁠‘


އޭނާ ދަނޑަށް އޮށްތައް އުކަމުން ގެންދިޔަ އިރު އޭގެ ތެރެއިން ބައެއް އޮށްތައް މީހުން ހިނގާ މަގުމައްޗަށް އެޅުނު. އަދި އެ އޮށްތައް ދޫނިތައް ކައި ހުސްކުރި.


އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަލާއިކަތުން ފޮނުއްވައި ދުނިޔޭގައި ނުބައި ފާފަތައް ކުރުވާ ހުރިހާ އެއްޗަކާއި ނުބައިކަންތައް ކުރާ އެންމެން އެއްތަންކޮށް އެކަލޭގެފާނުގެ ރަސްކަމުން ބޭރުކުރައްވާނެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހިޔަޅުތައް އުޅޭނެ ހޮހަޅަތައް ހުރޭ. އުދުހޭ ދޫނިތަކަށް ހާލިތައް ހުރޭ. އެކަމަކު އިންސާނާގެ ދަރިކަލުން ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.⁠“


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.⁠“


ޔަޤީނުން ވެސް އަހަރެންގެ ފަރާތުން ޚަބަރު ހިފައިގެން އައި މީހާއަށް މަރުޙަބާ ކިޔައިފި ކޮންމެ މީހަކީ އަހަރެންނަށް މަރުޙަބާ ކީ މީހެއް. އަދި އަހަރެންނަށް މަރުޙަބާކީ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތަށް މަރުޙަބާކީ މީހެއް.⁠“


ދެން އެކަލޭގެފާނު އަނެއްކާވެސް އެމީހުންނަށް ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް! އަހަރެން ކަލޭމެން މިފޮނުވަނީ ބައްޕާފުޅު އަހަރެން ވެސް ފޮނުއްވި ފަދައިން!⁠“


ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.⁠“


އިހުޒަމާނުގައި އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ބަސްފުޅު ވަޙީ ކުރައްވާފައި ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައެވެ. މި ގޮތަށް އެތައް ފަހަރަކު އެތައް ގޮތަކަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ.


މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ