34 އީސާގެފާނުގެ އުނގަންނަވައި ދެއްވި ދެއްވުންތަކުގައި މާނަފުން ވާހަކަފުޅު ބޭނުން ނުކުރައްވައި އެބައިމީހުންނަށް އެއްވެސް ވާހަކައެއް އުނގަންނަވައި ނުދެއްވައެވެ.
އެހެން ކަމުން އަހަރެން އެމީހުންނަށް އުނގަންނައިދެނީ މާނަފުން ވާހަކަތަކުން. އެމީހުންނަށް ފެންނާނެ. ނަމަވެސް ޙަޤީޤަތުގައި އެމީހުންނަކަށް ނުފެނޭ. އެމީހުންނަށް އަޑު އިވޭނެ. ނަމަވެސް ޙަޤީޤަތުގައި އެމީހުންނަށް ދޭހަވާ ގޮތެއްގައި ނިވޭނެ.
އަދި އެކަލޭގެފާނު ގިނަ ކަންތައްތަކެއްގެ ޚަބަރުފުޅުތައް އެބައިމީހުންނަށް މާނަފުން ވާހަކަފުޅުތަކުން އުންގަންނަވައިދެއްވިއެވެ. އެގޮތުން އެކަލޭގެފާނު ވިދާޅުވިއެވެ. ”ދަނޑުވެރިއަކު ގޮވާން ކުރުމަށް ޓަކައި އޭނާގެ ދަނޑަށް އޮށްތައް އުކަމުން ގެންދިޔަ.
އީސާގެފާނު މި މިސާލު ބޭނުން ކުރައްވައި ވިދާޅުވި މި ވާހަކައިގެ މާނަ އެކަލޭގެފާނުގެ ބަސްފުޅުތައް އަޑުއެހި މީހުންނަކަށް ނުވިސްނުނެވެ.
އަހަރެން ކަލޭމެންނަށް އަންގައިދޭން ބޭނުންވި ކަންތައްތައް އަހަރެން މިސާލުބަސްތައް ބޭނުންކޮށްގެން ކިޔައިދިނިން. ނަމަވެސް އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން ބައްޕާފުޅާއި ބެހޭ ހުރިހާ ކަމެއް އަހަރެން ސާފުކޮށް ކަލޭމެންނަށް ކިޔައިދޭނަން.
ދެން އަސްޙާބީން ދެންނެވިއެވެ. ”އަދިކިރިޔާ އަޅުގަނޑުމެންނަށް އެނގޭފަދަ ގޮތަކަށް، މިސާލުބަސްތައް ބޭނުން ނުކުރައްވައި، ކަލޭގެފާނު އަޅުގަނޑުމެންގެ ގާތުގައި ތިޔަ ވާހަކަތައް ވިދާޅުވަނީ.