މައްތާ 13:31 - ކިތާބުލް މުޤައްދަސާ31 އީސާގެފާނު އަނެއްކާވެސް އެމީހުންނަށް މިމާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މީހަކު އޭނާގެ ދަނޑުގައި އިންދި ކުޑަކުޑަ ރެވި އޮށެއް ފަދައިން. အခန်းကိုကြည့်ပါ။ |
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’ތިޔަ ހުރި ތަނުން ލުހިގެން ދާށޭ‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.“
މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުތައް އަޑުއަހަމުން ގެންދިޔަ ވަގުތު އެކަލޭގެފާނު އެމީހުންނަށް މާނަފުން ވާހަކައެއް ވެސް ވިދާޅުވެ ދެއްވިއެވެ. އެއީ އެކަލޭގެފާނު އޭރު ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފައެވެ. އަދި މީސްތަކުން ހީކުރަމުން ދިޔައީ މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވުމުގެ ވަގުތު ޖެހިއްޖެ ކަމުގައެވެ.