Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 13:3 - ކިތާބުލް މުޤައްދަސާ

3 އަދި އެކަލޭގެފާނު ގިނަ ކަންތައްތަކެއްގެ ޚަބަރުފުޅުތައް އެބައިމީހުންނަށް މާނަފުން ވާހަކަފުޅުތަކުން އުންގަންނަވައިދެއްވިއެވެ. އެގޮތުން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަނޑުވެރިއަކު ގޮވާން ކުރުމަށް ޓަކައި އޭނާގެ ދަނޑަށް އޮށްތައް އުކަމުން ގެންދިޔަ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 13:3
27 ပူးပေါင်းရင်းမြစ်များ  

އޭނާ ދަނޑަށް އޮށްތައް އުކަމުން ގެންދިޔަ އިރު އޭގެ ތެރެއިން ބައެއް އޮށްތައް މީހުން ހިނގާ މަގުމައްޗަށް އެޅުނު. އަދި އެ އޮށްތައް ދޫނިތައް ކައި ހުސްކުރި.


އީސާގެފާނު މި މާނަފުން ވާހަކަފުޅުތައް މިފަދައިން ވިދާޅުވެ ދެއްވާފައި އެ ސަރަހައްދު ދޫކުރައްވާ އަމިއްލަ ރަށް ކަމުގައިވާ ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި ދީނީ މަރުކަޒުގައި އުނގަންނަވައި ދެއްވިއެވެ. އެ ހިނދު އެރަށުގެ މީސްތަކުން ޙައިރާންވެ ބުންޏެވެ. ”⁠މި އިންސާނާއަށް މިފަދަ މަތިވެރި ޙިކުމަތެއް ލިބި އަދި މުޢުޖިޒާތްތައް ދެއްކެވުމުގެ ކުޅަދާނަކަން ލިބުނީ ކިހިނަކުންބާ؟


މާނަފުން ވާހަކައިން އީސާގެފާނު މީސްތަކުންނަށް އިތުރަށް އުނގަންނަވައި ދެއްވަން ފެއްޓެވިއެވެ.


”⁠ވައްތީނި ގަހުން ފިލާވަޅެއް ލިބިގަނޭ. އެގަހުގެ އޮފިތައް ނުކުމެ ފެހިކަން އައިސް ފަތްތައް ނުކުންނަން ފެށުމުން ހޫނުމޫސުން ވަނީ ކައިރީގައިކަން ތިޔަބައިމީހުންނަށް އެނގޭނެ.


އެއަށް ފަހު އީސާގެފާނު މި މާނަފުން ވާހަކައިން އެބައިމީހުންނާއި މުޚާތަބު ކުރައްވަމުން ގެންދެވިއެވެ. ”⁠އެއްދުވަސްވަރެއްގައި މީހަކު އޭނާގެ ދަނޑުގައި މޭބިސްކަދުރުގެ ވެޔޮތަކެއް ހެއްދުމަށް ފަހު އެ ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި އެވެޔޮތަކުގެ ކައިރީ މޭބިސްކަދުރު ދިޔަފެލައި އަޅާނެ ބޮޑު ވަޅެއް ހެދި. އަދި އެވެޔޮތައް ބެލެހެއްޓުމަށްޓަކައި ބުރުޒެއް ވެސް ބިނާކުރި. އެއަށް ފަހު އެވެޔޮތައް ހެއްދިފައިވީ ދަނޑު، ބަޔަކަށް ކުއްޔަށް ދިނުމަށް ފަހު ދަތުރުވަރިއެއްގައި ދަނޑުވެރިޔާ ފުރައިގެން ދިޔަ.


ދީނުގެ ދަންނަބޭކަލުންނާއި އިސްވެރިން އީސާގެފާނު ހައްޔަރުކުރަން ބޭނުންވިއެވެ. ސަބަބަކީ މިމާނަފުން ވާހަކަފުޅު ވިދާޅުވުމުގައި އެކަލޭގެފާނު ނިސްބަތްކުރެއްވީ އެބައިމީހުންނަށް ކަން އެނގުމުންނެވެ. ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ސަބަބުން ބިރުން އެކަލޭގެފާނު ދޫކޮށް އެބައިމީހުން ދިޔައީއެވެ.


މިހެން ވުމުން އީސާގެފާނު އެއްވެފައިވާ މީސްތަކުންނާއި މި މާނަފުން ވާހަކަތަކުން މިސާލު ދައްކަވައި މުޚާތަބު ކުރެއްވިއެވެ. ”⁠ޝައިތާނާ އޭނާގެ ރަސްކަމާ ދެކޮޅު ވާނެތަ؟ ނުވާނެ!


ދެން އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މި މާނަފުން ވާހަކަ ދޭހަ ނުވާ ނަމަ ތިޔަބައިމީހުންނަކަށް މިފަދަ އެހެން ވާހަކައެއް ވެސް ދޭހައެއް ނުވާނެ.


މީސްތަކުންނަށް އުނގަންނައި ދެއްވުމަށްޓަކައި މާނަފުން އެއްގޮތް އެތައް ވާހަކަފުޅަކުން އީސާގެފާނު މިސާލު ދައްކަވައި ދެއްވިއެވެ. އެބައިމީހުންނަށް ވިސްނޭ ވަރަށް އެކަލޭގެފާނު އުނގަންނަވައި ދެއްވިއެވެ.


ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. ކަލޭގެފާނު މި މާނަފުން ވާހަކަ ތިޔަ ވިދާޅުވީ އަޅުގަނޑުމެންނަށް ތޯ؟ ނުވަތަ އެންމެންނަށް ތޯ؟⁠“


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ކަލޭމެންނަށް ހާމަ ކުރައްވައިފި. އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަފުން ވާހަކަތަކުން. އެއީ ލިޔެވިގެންވާ ފަދައިން: ’⁠އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ. އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ.⁠‘


އަހަރެން ކަލޭމެންނަށް އަންގައިދޭން ބޭނުންވި ކަންތައްތައް އަހަރެން މިސާލުބަސްތައް ބޭނުންކޮށްގެން ކިޔައިދިނިން. ނަމަވެސް އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން ބައްޕާފުޅާއި ބެހޭ ހުރިހާ ކަމެއް އަހަރެން ސާފުކޮށް ކަލޭމެންނަށް ކިޔައިދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ