Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 13:24 - ކިތާބުލް މުޤައްދަސާ

24 އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް އެހެން މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. އެއީ މީހަކު އޭނާގެ ދަނޑުގައި ރަނގަޅު އޮށްތަކެއް އިންދުންފަދަ ކަމެއް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 13:24
23 ပူးပေါင်းရင်းမြစ်များ  

މަގުމައްޗަށް އެޅުނު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ޚަބަރުފުޅު އަޑުއިވުނު މީހުން. ނަމަވެސް އެ ބަސްފުޅުގެ މާނަ އެބައިމީހުންނަކަށް އެނގިގެންނުވި. ވީމާ ޝައިތާނާ އައިސް އެބައިމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅު އަތުލައިގަތް.


ނަމަވެސް އެއްރެއަކު އެންމެން ނިދާފައި ތިއްބާ އޭނާގެ ޢަދާވާތްތެރިއަކު އެ ދަނޑަށް އައިސް ގޮދަން އޮށްތަކުގެ ތެރޭގައި ވިނަ އޮށްތަކެއް އިންދި.


އީސާގެފާނު އަނެއްކާވެސް އެމީހުންނަށް މިމާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މީހަކު އޭނާގެ ދަނޑުގައި އިންދި ކުޑަކުޑަ ރެވި އޮށެއް ފަދައިން.


އީސާގެފާނު އެހެން މާނަފުން ވާހަކަފުޅެއް ވެސް ވިދާޅުވެ ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ އަންހެނަކު މޮޑުނު ބޮޑު ފުށްގަނޑެއްގެ ތެރެއަށް ލީ ކުޑަ ކަމީރު ކޮޅެއް ފަދައިން. ކުޑަ ހިނދު ކޮޅަކަށް ފަހު މުޅި އެ ފުށްގަނޑަށް އެކަމީރުކޮޅުގެ އަސަރު ފޯރާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ދަނޑުގައި ރަނގަޅު އޮށްތައް އިންދި މީހާ ބަޔާންކޮށްދެނީ އަހަރެންނަކީ އިންސާނާގެ ދަރިކަލުންކަމަށް.


”⁠މާތްރަސްކަލާނގެ ރަސްކަންފުޅަކީ މަސްހިފަން އުކާ ބޮޑު ދަލެއް ފަދަ އެއްޗެއް. އެދާ ކަނޑަށް އެއްލާލުމުން އެންމެހާ މަސްމަހާމެހީގެ ބާވަތްތައް އެ ދަލުގައި ޖެހުނު.


މާތްރަސްކަލާނގެ ރަސްކަންފުޅުގެ މިސާލު ކުރެވެނީ ރަސްކަލަކު އޭނާގެ ޚާދިމުން އޭނާއަށް ދަރާފައިވާ ފައިސާ އެ ޚާދިމުންގެ އަތުން ހޯދުމުގައި ކަންތައް ކުރެއްވި ފަދައިން.


”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ މި ބިންވެރިޔާގެ މިސާލު ފަދައިން. މިމީހާ ހެނދުނު ހެނދުނާ ނިކުމެ އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުވުމަށް ޓަކައި މަސައްކަތްތެރިން ހޯދުމަށް ދިޔަ.


”⁠އަދި އެހެން މާނަފުން ވާހަކައެއް ވެސް އަހާ! ބިމެއްގެ ވެރިއަކު މޭބިސްކަދުރު ދަނޑެއް ހައްދައި އެ މޭބިސްކަދުރު ދަނޑުގެ ވަށައިގެން ފާރު ރޭނި. އަދި މޭބިސްކަދުރުގެ ދިޔަ އެޅޭނޭހެން ވަޅުގަނޑެއް ކޮނުނު. އަދި އެތަން ފެންނާނޭހެން ބުރުޒެއް ވެސް ހެދި. ދެން ދަނޑުވެރިންގެ ބަޔަކަށް މި މޭބިސްކަދުރު ދަނޑު އޭނާ ކުއްޔަށް ދިނުމަށް ފަހު އެހެން ޤައުމަކަށް ދިޔަ.


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އެއީ ރަސްކަލަކު އޭނާގެ ފިރިހެން ދަރިފުޅަށް ތައްޔާރު ކޮށްދިން ކައިވެނީގެ ޖާފަތެއް ފަދަ.


”⁠އެ ހިނދު މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. ދިހަ ބިކުރުވެރި އަންހެންކުދިން އެކުދިންގެ ތެޔޮބައްތިތައް ނަގާ އެ ބައްތިތައް ދިއްލައިގެން އަލަތު ކައިވެނިވާ ފިރިހެނާއާއި ބައްދަލުކުރަން ދިއުމަށް ނުކުތް.


އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނެ ގޮތް ކަލޭމެންނަށް ބުނެދިނުމަށް އަހަރެން ބޭނުން ކުރާނީ ކޮންފަދަ މިސާލެއް؟


އަދި ވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނެ ގޮތުގެ އެހެން މިސާލެއް ބުނަން ތަ؟


މި ކަމަކީ އުޑުގައި ތިޔަބައިމީހުންނަށްޓަކައި ބެހެއްޓިފައިވާ ތަކެއްޗާމެދު ތިޔަބައިމީހުން ކުރާ އުންމީދުގެ ނަތީޖާއެވެ. މި އުންމީދު ތިޔަބައިމީހުންނަށް ލިބިފައި ވަނީ ހެޔޮޚަބަރުފުޅުގެ ތެދު ރިސާލަތު ތިޔަބައިމީހުންނަށް ލިބުނު ހިނދުން ފެށިގެންނެވެ.


އެއީ ތިޔަބައިމީހުން އަލުން އުފަންވެފައި ވުމެވެ. މި އާ އުފަންކުރެއްވުން ތިޔަބައިމީހުންނަށް ގެނެސްދިނީ ތިޔަބައިމީހުންގެ ދުނިޔަވީ މައިންބަފައިންނެއް ނޫނެވެ. ސަބަބަކީ ތިޔަބައިމީހުންގެ މައިންބަފައިން ދޭ ޙަޔާތަކީ ފަނާވެދާ ޙަޔާތެއް ކަމުގައިވުމެވެ. ނަމަވެސް މި އާ ޙަޔާތް އަބަދަށް ދެމިގެންވެއެވެ. ސަބަބަކީ ތިޔަބައިމީހުންނަށް އެ ޙަޔާތް ލިބިދިނީ ދާއިމަށް ދެމިގެންދާނެ މާތްކަލާނގެ ބަސްފުޅުން ކަމުގައިވުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ